މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަހަށް އިސްރާއީލުން ސުންނާފަތިކޮށްލާފައިވާ ފަލަސްތީނުގެ ގާޒާގެ ރައްޔިތުން ތައްޔާރުވަމުންދަނީ ނުހަނު ދަތި އަދި ހިތްދަތި ހާލަތެއްގައެވެ.
ހަނގުރާމައިގެ ސަބަބުން ގެދޮރު ގެއްލި، ފޭލިގެތަކުގައި ދިރިއުޅެމުންދާ އާއިލާތަކުން، އެމީހުންގެ ވީރާނާވެފައިވާ ފޭލިގެތައް ކުލަކުލައިގެ ބޮކިތަކާއި ފާނޫޒުތަކުން ޒީނަތްތެރިކުރަމުންދަނީ، ހިތާމަތަކުގެ މައްޗަށް އުއްމީދު ކުރިއަރުވަމުންނެވެ.
ކާބޯތަކެއްޗާއި ސާފު ބޯފެނުގެ ދަތިކަން އިންތިހާއަށް އޮތް ނަމަވެސް، ރަމަޟާން މަހުގެ މާތްކަމާއި އުފާވެރިކަން ދިރުވުމަށް ގާޒާގެ ރައްޔިތުން އަންނަނީ ނުހަނު ހިތްވަރާއެކު މަސައްކަތް ކުރަމުންނެވެ.
ޚާއްޞަކޮށް، ހާލުގައި ޖެހިފައިވާ ކުޑަކުދިންނަށް ރަމަޟާން މަހުގެ އުފާވެރިކަން އިހުސާސްކޮށްދިނުމަށްޓަކައި އެކި ސަރަހައްދުތަކުގައި ޚާއްޞަ ހަރަކާތްތަކެއް އަންނަނީ އިންތިޒާމު ކުރަމުންނެވެ.
މީގެ ތެރޭގައި ކުޑަކުދިންނަށް ހަދިޔާ ބެހުމާއި، ރަމަޟާން މަހާ ގުޅޭ ތަފާތު ކުޅިވަރުތައް ހިމެނެއެވެ. މި ހަރަކާތްތަކުގެ މައިގަނޑު މަގުސަދަކީ ހަނގުރާމައިގެ ބިރުވެރިކަމާއި ނާމާންކަމުގެ ތެރޭގައި އުޅެމުންދާ ކުޑަކުދިންގެ މޫނުމައްޗަށް ހިނިތުންވުމެއް ގެނެސްދީ، އެކުދިންގެ ހިތްތަކުގައި ދީނީ ރޫޙުއާލާކޮށް ޅަ ހިތްތަކަށް އުއްމީދެއް ގެނެސްދިނުމެވެ.

ކިޔުންތެރިންގެ ހިޔާލު