މަރްޔަމް ނަހްދާ ވަޙީދު   18 ފެބްރުއަރީ 2026 - 11:11
ރޯދަ މަހުގެ ސުފުރާމައްޗަށް މީރު ރަހައެއް އިތުރުކޮށްލުމަށްޓަކައި "ޗީޒީ ޗިކަން ސްލައިޑަރ" އަކީ ވަރަށް ފުރިހަމަ ލުއިކާނާއެކެވެ. މިއީ ތައްޔާރުކޮށްލަން ފަސޭހަ، އަދި ކުޑަކުދިންނާއި ބޮޑެތިމީހުންނަށްވެސް ކަމުދާނެ ރެސިޕީއެކެވެ.

ބޭނުންވާ ތަކެތި:

ކުކުޅު ތައްޔާރުކުރުމަށް:

- 500 ގްރާމް ކުކުޅު (ކުދިކޮށް ކޮށާފައި)

- 1 ފިޔާ (ހިމުންކޮށް ކޮށާފައި)

- 1 ސައިސަމުސާ އިނގުރު ލޮނުމެދު ޕޭސްޓް

- 2 ރޯމިރުސް (ކޮށާފައި - ކަަރަަދަޔަށް ބަލާފައި)

- 1/2 ސައިސަމުސާ އަސޭމިރުސް

- 1/2 ސައިސަމުސާ މިކްސްޑް ހާރބްސް ނުވަތަ އޮރެގާނޯ

- ލޮނު (ރަހަ ލާވަރަށް)

- 2 ސައިސަމުސާ ތެޔޮ

ސްލައިޑަރ އެސެމްބަލް ކުރުމަށް:

- 1 ޕެކެޓް ބަނަސް (ކުދި ސްލައިޑަރ ބަނަސް ނުވަތަ އާދައިގެބަނަސް)

- ޗީޒް ސްލައިސް ނުވަތަ މޮޒަރެއްލާ ޗީޒް (ގާނާފައި ހުރި)

- މަޔިނޭޒް އަދި ޗިލީ ސޯސް

- ކުޑަ ބަޓަރުކޮޅެއް (ވިރުވާފައި)

- ކުޑަ ދިރިކޮޅެއް ނުވަތަ ސެސަމީ ސީޑްސް (ބަނަސް މައްޗަށް ބުރުވުމަށް)

ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ ތަވައަކަށް ތެޔޮކޮޅު އެޅުމަށްފަހު، ކޮށާފައި ހުރި ފިޔާ، އިނގުރު، ލޮނުމެދު އަދި ރޯމިރުސް އަޅައިގެން ރަތްކޮށްލާށެވެ. ފިޔާކޮޅު މީރުވުމުން ކުކުޅުކޮޅު އަޅާލާށެވެ. މީގެ ތެރެއަށް އަސޭމިރުސް، ލޮނު އަދި ހާރބްސް އެޅުމަށްފަހު ކުކުޅުކޮޅު ރަނގަޅަށް ރޯފިލަންދެން ކައްކާށެވެ. އަދި ކުކުޅުގަނޑު މާ ބޮޑަށް ހިކި ނުވަނީސް އުނދުންމަތިން ބާލާށެވެ.

ބަނަސް ތައްޔާރުކުރުމަށްޓަކައި ސްލައިޑަރ ބަނަސްތައް މެދުން ފަޅާލާށެވެ. (ބަނަސްތައް ވަކިވަކި ނުކޮށް އެކުގައި ބާއްވައިގެން ފަޅާލުމުން ފަސޭހަވާނެއެވެ). އަދި ބަނަހުގެ ފަޅާލި ފަރާތުގައި މައިޮނޭޒް އަދި ޗިލީ ސޯސް ރަނގަޅަށް ހާކާލާށެވެ.

އެއަށްފަހު އަވަން ޓްރޭއެއްގައި ބަނަހުގެ ތިރީ ބައި ބޭއްވުމަށްފަހު، އޭގެ މައްޗަށް ކުރިން ތައްޔާރުކުރި ކުކުޅުގަނޑު އެއްވަރަކަށް ފަތުރާލާށެވެ. އޭގެ މައްޗަށް ގިނަ އަދަދަކަށް ޗީޒް އަޅާލުމަށްފަހު ބަނަހުގެ މަތީ ބައިން ނިވާކޮށްލާށެވެ.

ބަނަސްތައް ފިހެލުމުގެ ކުރިން ވިރުވާފައި ހުރި ބަޓަރުކޮޅު ބަނަސްތަކުގެ މަތީގައި ހާކާލުމަށްފަހު، އޭގެ މައްޗަށް ސެސިމީ ސީޑް ބުރުވާލާށެވެ. އަދި އަވަން 180 ޑިގްރީ އަށް ހޫނުކޮށްލުމަށްފަހު ޗީޒްތައް ވިރި، ބަނަސްކޮޅު ރަންކުލަ އަރަންދެން (ގާތްގަނޑަކަށް 8-10 މިނެޓު) ފިހެލާށެވެ.

މިއީ ރޯދަ ވީއްލާ ގަޑީގައި ސައި ނުވަތަ ޖޫހާއެކު ބޭނުންކޮށްލަން ވަރަށް މީރު ރެސިޕީއެކެވެ. އަވަން ނެތްނަމަ، ތަވައެއްގައި މަޑު ގިނީގައި ބަހައްޓައިގެން، މަތި ޖަހައިގެން ޗީޒްކޮޅު ވިރެންދެން މަޑުކޮށްލައިގެންވެސް މި ރެސިޕީ ތައްޔާރު ކުރެވިދާނެ އެވެ.



ކިޔުންތެރިންގެ ހިޔާލު