ރޯދަ މަހުގެ ކެއުމާ ބުއިމުގެ ކަން ކަމުގައި ހަށިގަނޑަށް ފައިދާ ހުރި އެއްޗެހި ބޭނުން ކުރުމަކީ، ރޯދަ އަށް ހުންނަ ވަގުތުގައިވެސް އަދި ރޯދަ ވީއްލުމަށް ފަހުވެސް މީހާގެ ހަށުގަނޑު ވަރުބަލިކޮށްލުން ދަށްކޮށްލައި، ހަކަތަ އިތުރުކޮށް ދުވަހުގެ ކަންކަން ފަސޭހަ ކަމާއިއެކު ނިންމާލެވޭނެކަމެކެވެ. އެގޮތުން މިފަހަރު މިހިއްސާކޮށްލާ ރެސިޕީ އަކީ ރޯދަ ވީއްލުމަށްވެސް، ހާރުކާ ގަޑިއަށްވެސް ނިކަން ހަށިގަނޑަށް ފައިދާ ހުރި ބުއިމެކެވެ.
ކަދުރު ސްމޫތީ ތައްޔާރުކުރުމަށް ބޭނުންވާނެ ތަކެތި:
1 ކަޕް ކިރު (ފުލް ކްރީމް ނޫނީ އިތުރަށް ސިއްހަތަށް ފައިދާކޮށްލަން ސްކިމް މިލްކް ނޫނީ އަލްމަންޑް މިލްކު ވެސް ބޭނުންކޮށްލެވޭނެ)
1/2 ކަޕް ޕްލެއިން ޔޯގަރޓް
6 - 8 ކަދުރު (ފޮނި މަޑުކޮށް ތައްޔާރުކޮށްލަން ބޭނުންނަމަ، 4 - 5 ކަދުރުންވެސް ފުދޭނެ)
އައިސް (ގަނޑުފެން، އެމީހަކަށް އެންމެ ކަމުދާ ވަރަކަށް)
ކަދުރު ސްމޫތީ ތައްޔާރުކުރާނޭ ގޮތް:
ފުރަތަމަ ކަދުރުގެ އޮށްތައް ނަގައި ސާފުކޮށްލުމަށްފަހު 1 ކަޕް ކިރަށް ކަދުރުތައް އަޅައި ގަޑީރެއްހާއިރު ބަހައްޓާލާށެވެ. އެއަށްފަހު، ކިރަށް އަޅާފަ ހުރި ކަދުރާއި ކިރާއި، އަދި ކަދުރު ސްމޫތީ ތައްޔާރުކުރުމަށް ދެން ބޭނުންވާނެ ހުރިހާ އެއްޗެއް އެކު މިކްސަރގައި ރަނގަޅަށް ގިރާލާށެވެ. ރަނގަޅަށް ގިރުނީމާ އެހުރީ މި ބުއިން ތައްޔާރުކުރެވިފައެވެ.

ކިޔުންތެރިންގެ ހިޔާލު