މެންގޯ ޓިރަމިސޫ އަކީ ރޯދަވީއްލާ ގަޑިއަށާއި، ތަރާވީސް ގަޑިއަށް ތައްޔާރުކޮށްލަން ވަރަށް މީރު އަދި އެހާމެ ފަސޭހަ ފޮނިކާތަކެތީގެ ބާވަތެކެވެ. މިއީ އާދައިގެ ޓިރަމިސޫއާ ހިލާފަށް ކޮފީގެ ބަދަލުގައި އަނބު ބޭނުންކޮށްގެން ތައްޔާރުކުރާ، ތާޒާ ރަހައެއް އެކުލެވޭ ޑެޒާޓެކެވެ.
ބޭނުންވާ ތަކެތި:
- 2 ބޯތަށި ދޮން އަނބު (ކުދިކޮށް ކޮށާފައި
- 1 ޖޯޑު އަނބު ޕިއުރޭ (ދޮން އަނބު މިކްސަރުން ގިރުމަށްފަހު)
- 250 ގްރާމް ކްރީމް ޗީޒް ނުވަތަ މަސްކަޕޯން ޗީޒް
- 1 ޖޯޑު ވިޕިންގް ކްރީމް
- 1/2 ޖޯޑު ގެރިކިރު
- 1 ސައިސަމުސާ ވެނީލާ އެސެންސް
- 1 ޕެކެޓް ލޭޑީ
ފިންގަރ ބިސްކޯދު (ނުވަތަ މާރީ ބިސްކޯދު)
- 1/2 ޖޯޑު އަނބު ޖޫސް (ބިސްކޯދު ފޯކުރަން)
ތައްޔާރު ކުރާނެ ގޮތް:
ކްރީމްގަނޑު ތައްޔާރުކުރުމަށްޓަކައި އެންމެ ފުރަތަމަ ބޮޑު ބޯތަށްޓެއްގައި ވިޕިންގް ކްރީމްކޮޅު ރަނގަޅަށް އެއްވަންދެން ގިރާލާށެވެ. އެއަށްފަހު އެހެން ބޯތަށްޓެއްގައި ކްރީމް ޗީޒް، ގެރިކިރު އަދި ވެނީލާ އެސެންސް އެއްކޮށް އޮމާންވަންދެން ގިރާލާށެވެ. ދެން މި ދެބައި އެއްކޮށްލުމަށްފަހު، އޭގެ ތެރެއަށް ތައްޔާރުކުރި އަނބު ޕިއުރޭގެ ދެބައިކުޅަ އެއްބައި އަޅައި މަޑުމަޑުން އެއްކޮށްލާށެވެ.
އެއަށްފަހު ޓިރަމިސޫ ހަދާ ޓްރޭގައި ބިސްކޯދުތައް އަތުރާނީއެވެ. ކޮންމެ ބިސްކޯދެއް އަނބު ޖޫހުގެ ތެރެއަށް ގަންބާލުމަށްފަހު ޓްރޭގެ ފުލުގައި އެތުރޭނެހެން އެއްބަރިއަށް ބިސްކޯދު އަތުރާލާށެވެ. (ގިނައިރު ޖޫހުގައި ބިސްކޯދު ބާއްވައިގެން ބިސްކޯދު ފޯވެ ކުނޑިވިޔަ ނުދޭށެވެ)
ބިސްކޯދު ބަރީގެ މައްޗަށް ތައްޔާރުކުރި ކްރީމްގަނޑުގެ ދެބައިކުޅަ އެއްބައި އަޅައި އެއްވަރުކޮށްލާށެވެ. އޭގެ މައްޗަށް ކުދިކޮށް ކޮށާފައި ހުރި އަނބުކޮޅެއް ބުރުވާލާށެވެ. ދެން އަނެއްކާވެސް ޖޫހުގައި ފޯކުރި ބިސްކޯދު ބަރިއެ
އް އަތުރާލުމަށްފަހު، ބާކީ ހުރި ކްރީމްގަނޑު އަޅައި މަތި އޮމާންކޮށްލާށެވެ.
އެންމެ މައްޗަށް ބާކީ ހުރި އަނބު ޕިއުރޭ ކޮޅާއި، ކޮށާފައި ހުރި ތާޒާ އަނބުކޮޅު އަޅައި ރީތިކޮށްލާށެވެ. ބޭނުންނަމަ ކުޑަ ކްރީމްކޮޅަކުން މަތީގައި ޑިޒައިންއެއް ވެސް ޖެއްސިދާނެއެވެ.
ތައްޔާރުކުރި ޓިރަމިސޫ މަދުވެގެން 4 ގަޑިއިރު ނުވަތަ މުޅި ރޭގަނޑު ފްރިޖްގައި ބަހައްޓައިގެން ފިނިކޮށްލާށެވެ. އޭރުން ބިސްކޯދުތައް މަޑުވެ، ރަހަތައް ރަނގަޅަށް ހިފާލާނެއެވެ.
މި މެންގޯ ޓިރަމިސޫއަކީ އާއިލާއާއި ރަހުމަތްތެރިންނާއެކު ރޯދަވީއްލުމަށް އިންސާފުކޮށްލަން ވަރަށް ފުރިހަމަ ޑެޒާޓެކެވެ.

ކިޔުންތެރިންގެ ހިޔާލު