ރޯދަ މަހުގެ ކެއުމާ ބުއިމުގެ ކަން ކަމުގައި ހަށިގަނޑަށް ފައިދާ ހުރި ތަކެތި ބޭނުން ކުރުމަކީ، ވަރަށް މުހިންމު ކަމެކެވެ. އެގޮތުން މިފަހަރު މިހިއްސާކޮށްލާ ރެސިޕީ އަކީ ރޯދަ ވީއްލުމަށްވެސް، ހާރުކާ ގަޑިއަށްވެސް ނިކަން ހަށިގަނޑަށް ފައިދާ ހުރި ބުއިމެކެވެ.

ފްރެޝް ލައިމް ޕޮމެގްރަނެޓް ޖޫސް ތައްޔާރުކުރުމަށް ބޭނުންވާނެ ތަކެތި:

2 ލުނބޯ

1/2 1 ކަޕް ޕޮމެގްރަނެޓް (އަންނާރު) އޮށް

2-3 ސަމުސާ މާމުއި (ފޮނިރަހަ ގަދަ ކޮށްލަން ބޭނުން ނަމަ އިތުރުކޮށްލެވިދާނެ)

ފިނިފެން އަދި އައިސް ކިއުބް (ގަނޑުފެން، އެމީހަކަށް އެންމެ ކަމުދާ ވަރަކަށް)

ފްރެޝް ލައިމް ޕޮމެގްރަނެޓް ޖޫސް ތައްޔާރުކުރާނޭ ގޮތް:

ފުރަތަމަ ޕޮމެގްރަނެޓް ނުވަތަ އަންނާރުގެ އޮށްތައް ނެގުމަށްފަހު، މިކްސްރަށް އަޅައި މުގުރާލާށެވެ. ދެން އެއަށްފަހު ޖަގަކަށް އަންނާރު ޖޫސްކޮޅު ފުރާނައި، ޖޫސް ތެރެއަށް ބޮޑު ދެ ލުނބޮލުގެ ހުތް ފިތާލާށެވެ. ދެން މާމުއިކޮޅު އަޅައި ރީއްޗަށް ސަމުސަލަކުން ގިރާލުމަށްފަހު ރަހަ މީރު ވަންދެން ފިނި ފެނާއި އައިސް ކިއުބް ބޭނުންވާވަރަށް އަޅައި ގިރާލާށެވެ.

މިބުއިން ފިނިކޮށް އިންސާފުކޮށްލަން ކަމުނުދާ ކަމަށް ވާނަމަ، އައިސް ނާޅައި، ފިނިފެނުގެ ބަދަލުގައި ފިނި ނޫން ފެން ވެސް ބޭނުން ކުރެވިދާނެއެވެ.



ކިޔުންތެރިންގެ ހިޔާލު