އިޓާލިއަން ސްކިލެޓް ޗިކެން އަކީ ވަރަށް ފަސޭހައިން، ގާތްގަނޑަކަށް 30 މިނިޓް ތެރޭގައި ތައްޔާރުކޮށްލެވޭނެ މީރު ކެއުމެކެވެ. މި ރެސިޕީއަކީ ރޮށި، ޕާސްޓާ ނުވަތަ ބަތާއެކު ކާލަން ވަރަށް ފުރިހަމަ ރެސިޕީއެކެވެ.
ބޭނުންވާ ތަކެތި:
4 ޗިކެން ބްރެސްޓް (ބޯމިނުގައި އިންޗިއެއްގެ ހަތަރުބައިކުޅަ އެއްބައި ހުންނަވަރަށް ކޮށާފައި)، 1 މޭޒުމަތީ ސަމުސާ އޮރިގާނޯ، 1 ސައިސަމުސާ ލޮނު، 1 ސައިސަމުސާ އަސޭމިރުސް، ބައި ޖޯޑު ފުށް، އޮލިވް އޮއިލް (ކުކުޅު ތެއްލުމަށް)، މަޝްރޫމް (ކުދިކޮށް ކޮށާފައި)، ކުދި ޓޮމާޓޯ (ފަޅިކޮށްފައި)، 2 މޭޒުމަތީ ސަމުސާ ލޮނުމެދު (ގާނާފައި ނުވަތަ ކޮށާފައި)، 1 މޭޒުމަތީ ސަމުސާ ލުނބޯ ހުތް، ¼ ޖޯޑު ޗިކެން ސްޓޮކް، ބޭބީ ސްޕިނާޗް
ތައްޔާރު ކުރާނެ ގޮތް:
އެންމެ ފުރަތަމަ ޓިޝޫއަކުން ކުކުޅުތަކުގެ ފެން ހިއްކާލާށެވެ. އެއަށްފަހު އޮރިގާނޯ، ލޮނު އަދި އަސޭމިރުސް ބޭނުންކޮށްގެން ކުކުޅުގައި ރަނގަޅަށް މަސާޖުކޮށް ސީޒަން ކޮށްލާށެވެ. ދެން ކުކުޅުތަކުގެ ބޭރުގައި ފުށް އުނގުޅުމަށްފަހު އެއްކައިރިއެއްގައި ބަހައްޓާށެވެ.
އުނދުން މައްޗަށް ތެއްޔެއް ނުވަތަ ސްކިލެޓެއް އުދައި އޮލިވް އޮއިލް އަޅައި ހޫނުކުރާށެވެ. ތެޔޮ ހޫނުވުމުން ކުކުޅުތައް އަޅައި، ދެފުށަށް ޖަހަމުން މަދު މިނިޓްކޮޅަކަށް ކެއްކުމަށްފަހު ތަށްޓަކަށް ނަގާށެވެ.
ކުކުޅު ތެއްލި ތެލުގެ ތެރެއަށް މަޝްރޫމް އަޅައިގެން އެއް މިނިޓްވަރު ކައްކާށެވެ. ދެން އޭގެ ތެރެއަށް ޓޮމާޓޯ، ލޮނުމެދު، ބައި މޭޒުމަތީ ސަމުސާ އޮރިގާނޯ، ބައި ސައިސަމުސާ ލޮނު، ބައި ސައިސަމުސާ އަސޭމިރުސް އަދި ދެ ސައިސަމުސާ ފުށް އެއްކޮށްލުމަށްފަހު ތިން މިނިޓްވަރު ކައްކާށެވެ.
ދެން މޭޒުމަތީ ސަމުސަލެއްގެ ވިނެގަރ އަޅައި އިރުކޮޅަކު ކެއްކުމަށްފަހު، ލުނބޯ ހުތާއި ޗިކެން ސްޓޮކް އެއްކޮށްލާށެވެ. ސޯސްގަނޑު ރަނގަޅަށް ކެކެން ފެށުމުން، ކުރިން ތެއްލި ކުކުޅުތައް އޭގެ ތެރެއަށް އަޅާށެވެ. ގަދަ ގިނީގައި 3 ނުވަތަ 4 މިނިޓް ކެއްކުމަށްފަހު، ގިނި މަޑުކޮށްލައި ތެލީގެ މަތިޖަހައިގެން 8 މިނިޓްވަރު ކައްކާލާށެވެ.
ކެއުން މޭޒުމައްޗަށް ނެގުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން ބޭބީ ސްޕިނާޗްކޮޅު އެއްކޮށްލާށެވެ. އޭރުން ސްޕިނާޗްގެ ތާޒާކަން ހުންނާނެއެވެ. މިހާރު މިވަނީ މީރު އިޓާލިއަން ސްކިލެޓް ޗިކެން ތައްޔާރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު