އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަލަށް އުފެއްދެވި "ބޯޑް އޮފް ޕީސް" ގެ ފުރަތަމަ ބައްދަލުވުމުގައި، އެމަނިކުފާނު ވަރަށް ބޮޑަށް ވަރުބަލިވެފައި އިންނެވި މަންޒަރު ފެންނަ ވީޑިއޯތަކެއް އާންމުވެއްޖެއެވެ.
ވޮޝިންގޓަން ޑީސީގައި ބޭއްވި މި ބައްދަލުވުމުގެ ތެރެއިން ފެނުނު މަންޒަރުތަކުން، އުމުރުފުޅުން 79 އަހަރުގެ ޓްރަމްޕް ގިނަ ވަގުތުތަކެއް ވަންދެން ލޯފުޅު މަރައިގެން، އަވަހާފުޅު ލެއްޕިފައި އިންނެވި ކަމަށް ބެލެވޭ ފަދަ ގޮތަކަށް އިންނެވިކަން ފާހަގަކުރެވުނެވެ. މި ބައްދަލުވުމަކީ ބައިނަލްއަގުވާމީ ލީޑަރުންނާއި މަންދޫބުން ބައިވެރިވެވަޑައިގެންނެވި މުހިންމު ސެޝަނެކެވެ.
މި ބޯޑަކީ އިޒްރޭލުން ގާޒާގައި ހިންގަމުންދާ ލޭއޮހޮރުވުންތަކާއި ހަނގުރާމަ ހުއްޓުވުމަށްޓަކައި ޓްރަމްޕް އިސްނަންގަވައިގެން ފެއްޓެވި މަސައްކަތްތަކުގެ ތެރެއިން އުފެއްދެވި މުއައްސަސާއެކެވެ.
ނަމަވެސް، މިފަދަ މުހިންމު ބައްދަލުވުމެއްގެ ތެރެއިން ރައީސް ޓްރަމްޕްގެ ފަރާތްޕުޅުން ވަރުބަލިކަން ފެނުމާ ގުޅިގެން، އެމަނިކުފާނުގެ ސިއްހީ ހާލަތާއި މަސައްކަތުގެ ބުރަދަނާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލުތައް އުފެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު