ރޯދަ މަހަކީ އަޅުގަނޑުމެންގެ ކެއިންބުއިމުގެ އާދަކާދަތަކަށް ބޮޑު ބަދަލެއް އަންނަ މަހެކެވެ. މިގޮތުން ރޯދަ ވީއްލާ ގަޑީގައާއި ހާރުދަމުގައިވެސް ކަދުރަކީ އޭގެ ފައިދާ ބޮޑު، އަދި ސުންނަތުން ސާބިތުވާ މުހިންމު ބާވަތެކެވެ. ކަދުރު ބޭނުންކޮށްގެން ތައްޔާރުކުރާ މި ކޭކަކީ ރޯދަ ވީއްލާ ސުފުރާ މަތީގައި ބެހެއްޓުމަށް ވަރަށް މީރު އަދި ހަށިގަނޑަށް ހަކަތަ ލިއްބައިދޭނެ ފޮނި އެއްޗެކެވެ.
ބޭނުންވާ ތަކެތި:
- 1 ޖޯޑު ކަދުރު (އޮށް ނެގުމަށްފަހު ކުދިކޮށް ކޮށާފައި
- 1 ޖޯޑު ހޫނުފެން
- 1/2 ޖޯޑު ބަޓަރު (ނުވަތަ ކައްކާ ތެޔޮ)
- 1 ޖޯޑު ހަކުރު (ކަދުރުގައި ފޮނިކަން ހުންނާނެތީ ހަކުރު މަދުކޮށްލެވިދާނެއެވެ)
- 1 ބިސް
- 1 ސައިސަމުސާ ވެނީލާ އެސެންސް
- 1/2 1 ޖޯޑު ފުށް
- 1 ސައިސަމުސާ ބޭކިންގ ސޯޑާ
- 1/2 ސައިސަމުސާ ލޮނު
- ކުޑަ ފޮނިތޮށި ކޮޅެއް (މުގުރާފައި)
ތައްޔާރު ކުރާނެ ގޮތް:
އެންމެ ފުރަތަމަ، ކުދިކޮށް ކޮށާފައި ހުރި ކަދުރުތައް ހޫނުފެން ޖޯޑުގެ ތެރެއަށް އަޅާފައި 15 ވަރަކަށް މިނެޓު ވަންދެން ބަހައްޓާށެވެ. މިހެން ހެދުމުން ކަދުރުކޮޅު މަޑުވެ، ކޭކުގެ ރަހަ މީރުވާނެއެވެ.
އެއަށްފަހު އަވަން 180 ޑިގްރީ ސެލްސިއަސް އަށް ހޫނުކުރަން ޖައްސާލާފައި، ކޭކު ފިހަން ބޭނުންކުރާ ޓްރޭގައި ބަޓަރު އުނގުޅުމަށްފަހު ފުށްކޮޅެއް ބުރުވައިލާށެވެ.
ކޭކު ބެޓާ ތައްޔާރުކުރުމަށްޓަކައި ބޮޑު ތަށީގެ ތެރެއަށް ބަޓަރާއި ހަކުރު އެޅުމަށްފަހު، ރަނގަޅަށް އެއްކޮށްލާށެވެ. ދެން ބިހާއި ވެނީލާ އެސެންސް އަޅައިގެން އަލުން އެއްކުރާށެވެ. މީގެ ތެރެއަށް ފެނު އަޅާފައި ހުރި ކަދުރުތައް (ފެނާއެކު) އަޅައި މަސްހުނިކޮށްލާށެވެ. ދެން އެހެން ތައްޓެއްގެ ތެރޭގައި ފުށް، ބޭކިންގ ސޯޑާ، ލޮނު އަދި ފޮނިތޮށިކޮޅު އެއްކޮށްލާށެވެ. އެއަށްފަހު ފުށް ގަނޑު ކަދުރު މިކްސްޗަރުގެ ތެރެއަށް މަޑުމަޑުން އަޅަމުން، ހުރިހާ އެއްޗެއް އެއްވަރުވަންދެން ގިރުވާލާށެވެ.
ތައްޔާރުކުރި ކޭކު ފުށްގަނޑު ޓްރޭއަށް އެޅުމަށްފަހު، އަވަނުގައި 35 އާއި 45 މިނެޓާ ދެމެދުގެ ވަގުތަކަށް ފިހެލާށެވެ. ކޭކު ފިހުނުތޯ ބެލުމަށް ޓޫތުޕިކްއެއް ކޭކުގެ މެދަށް ހަރާލާށެވެ. ސާފުކޮށް ނުކުމެއްޖެނަމަ ކޭކު ހުރީ ފިހިފައެވެ. ކޭކު ފިހެ ނިމުމުން އަވަނުން ނަގައި، ފިނިވުމުން ކުދިކޮށް ކޮށާލާށެވެ.
މި ކޭކުގެ މައްޗަށް ކަސްޓަޑް ނުވަތަ ހަނީ ގްލޭޒްއެއް އަޅާލުމުން މީރުކަން އިތުރުވާނެއެވެ. މިއީ ރޯދަ ވީއްލާ ގަޑިއަށް ނުވަތަ ރޯދަ ވީއްލުމަށްފަހު ފޮނި އެއްޗެއްގެ ގޮތުގައި ބޭނުންކުރަން ވަރަށް ފުރިހަމަ ރެސިޕީއެކެވެ.

ކިޔުންތެރިންގެ ހިޔާލު