ރޯދަ މަސް ފެށުމުގެ ކުރިން ސަރުކާރުން ދައްކަންޖެހޭ ހުރިހާ ފައިސާއެއް ދައްކައި ހަލާސްކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅު ފުނޑުފުނޑުވެ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިން މިއަދު ތިބީ ވަރަށް ބޮޑު މާޔޫސްކަމެއްގެ ތެރޭގައެވެ.
މިދިޔަ ޑިސެމްބަރު މަހު ބޭއްވި ބައްދަލުވުމެއްގައި، ރޯދައިގެ ކުރިން ހުރިހާ ބިލްތަކަށް ފައިސާ ދީ ނިންމާނެ ކަމުގެ ފޮނި އުންމީދުތަކެއް ދެއްވި ނަމަވެސް، މިއަދު ރޯދަ މަސް ބޯމަތިވީއިރުވެސް ގިނަ ބިލްތަކަށް ފައިސާ ނުލިބި ވަނީ "ޕެންޑިން" ގައެވެ.
މީގެ ސަބަބުން ކުންފުނިތަކުގެ ހިންގުމަށް ބޮޑެތި ހުރަސްތަކެއް އެޅި، މުވައްޒަފުންނަށް މުސާރަ ދިނުމާއި ޓެކުހުގެ އިތުރު ބުރަތައް އުފުލަން ޖެހިފައިވާއިރު، ސަރުކާރުގެ ކުންފުނިތަކުން ފައިސާ ހޯދުމަށް ކުރާ މަސައްކަތުން އެއްވެސް ކުރިއެރުމެއް ނުލިބޭ ކަމުގެ ޝަކުވާ ވަނީ އިންތިހާއަށް ބޮޑުވެފައެވެ.
ކުރީ ސަރުކާރުގެ ބޮލުގައި އިލްޒާމް އެޅުވުމަކީ މި ސަރުކާރުގެ އާދައަކަށް ވެފައިވާއިރު، ވެރިކަމަށް ދެ އަހަރާ ބައި ވާން ގާތްވީއިރުވެސް މި މައްސަލައަށް ދާއިމީ ހައްލެއް ނުހޯދި، ތަކުރާރުކޮށް ދެމުންދާ ތާރީހުތަކަށް އަމަލު ނުކުރެވުމަކީ ސަރުކާރުގެ އިހުލާސްތެރިކަމާ މެދު ސުވާލު އުފެދޭ ކަމެކެވެ. ވިޔަފާރިވެރިން ބުނާ ގޮތުގައި، ފައިސާ ނުލިބި ލަސްވުމުގެ ސަބަބުން ޖޫރިމަނާ މާފުކޮށްދީގެން ވެސް ފައިސާ ހޯދަން މަސައްކަތް ކުރުމުންވެސް އެދެވޭ ނަތީޖާއެއް ނުފެނެއެވެ.
މިކަމުގެ ސަބަބުން ގައުމުގެ އިގްތިސާދުގެ މައިބަދަ ކަމުގައިވާ ކުދި ވިޔަފާރިތައް ބަނގުރޫޓުވުމުގެ ބިރު ބޮޑުވެފައިވާއިރު، ސަރުކާރުން ބަހާއި އަމަލާ ދިމާނުވާ ސިޔާސަތެއް ގެންގުޅޭ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ. އެހެންކަމުން، މިއީ ހަމައެކަނި "ފޮނި ބައިސާއަކުން" ނިންމާލެވޭ ވަރުގެ ކަމެއް ނޫން ކަމަށާއި، އަމަލީ ގޮތުން މިކަން ހައްލުކޮށްދިނުމަށް ވިޔަފާރިވެރިން ދަނީ ގޮވާލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު