ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ވެހިކަލްތަކުން ކުނި ހުސްކުރުމަށް ބޭނުންކުރާ ރޭމްޕެއްގެ މަތިން ވެއްޓި، ސީރިއަސް އަނިޔާތަކެއް ލިބުނު ޑްރައިވަރަކަށް އައިޖީއެމްއެޗްގެ ވެންޓިލޭޓަރުގައި ފަރުވާދޭން ފަށައިފިއެވެ.
މިދިޔަ އާދީއްތަ ދުވަހުގެ ރޭ މެންދަމު 3:00 އެހައިކަންހާއިރު ހިނގި މި ހާދިސާގައި އަނިޔާވެފައިވަނީ އެ ކުންފުނީގެ ޑްރައިވަރެއް ކަމަށްވާ ހަސަން ނަޒީރު އަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ވެއްޓިފައިވަނީ ގާތްގަނޑަކަށް 12 ނުވަތަ 13 ފޫޓު އުސްމިނުގައި ހުރި ރޭމްޕެއްގެ މަތިން ތިރީގައި ހުރި ކޮންޓޭނަރެއްގެ ތެރެއަށެވެ. މި ހާދިސާ ހިނގި ވަގުތު އެ ސަރަހައްދުގައި ތިބި މުވައްޒަފުންނަށް މިކަން ސިއްރުކުރުމަށް އެންގި ކަމުގެ ބޮޑެތި ތުހުމަތުތަކެއް ވެސް ވަނީ ފެންމަތިވެފައެވެ.
އާއިލާއާ ހަވާލާދީ މައުލޫމާތު ލިބޭ ގޮތުގައި، ހަސަން ނަޒީރުގެ މޭކަށިގަނޑުގެ ތިން ތަނަކުން ބިންދައިގެން ގޮސްފައިވާއިރު، އޭނާގެ ހާލު ވަރަށް ސީރިއަސްއެވެ. އަދި އަމިއްލައަށް ނޭވާ ނުލެވޭތީ މިހާރު ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގެ އެހީގައެވެ. މި މައްސަލަ މިހާރު ފުލުހަށް ހުށަހަޅާފައިވާއިރު، މި ހާދިސާއާ ގުޅިގެން ވެމްކޯގެ މުވައްޒަފުންގެ މެދުގައި ވަނީ ނުތަނަވަސްކަމާއި ކަންބޮޑުވުން އުފެދިފައެވެ.
މުވައްޒަފުން ބުނާ ގޮތުގައި 2022 ވަނަ އަހަރުން ފެށިގެން އެމީހުންގެ ހެލްތު އިންޝުއަރެންސް ކަނޑާލާފައިވާއިރު، ނުރައްކާތެރި މާހައުލެއްގައި މަސައްކަތް ކުރި ނަމަވެސް އެއްވެސް "ރިސްކް އެލަވަންސް" އެއް ނުލިބެއެވެ. އަދި މިފަދަ ހައްގުތައް ހޯދުމަށް ވަކާލާތުކުރާ މުވައްޒަފުންނަށް ވަޒީފާއިން ވަކިކުރާނެ ކަމުގެ ބިރު ދައްކަމުންދާ ކަމަށް ވެސް ބައެއް މުވައްޒަފުން ތުހުމަތު ކުރެއެވެ.
ވެމްކޯގެ ސައިޓުތަކުގައި މިފަދަ ނުރައްކާތެރި ހާދިސާތައް އިތުރުވަމުންދާއިރު، މިދިޔަ ޖެނުއަރީ މަހު ތިލަފުށީގައި ބިދޭސީ މުވައްޒަފަކު މަރުވި ހާދިސާގައި ވެސް ކުންފުނީގެ އިހުމާލު އޮތް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު