ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބެލެނިވެރިންގެ ތެރެއިން ސިވިލް ސަރވިސްގައި މަސައްކަތްކުރާ މުވައްޒަފުންނަށް، ގޭގައި ތިބެގެން މަސައްކަތްކުރެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ސިވިލް ސަރވިސް ގަވާއިދަށް މުހިންމު އިސްލާޙުތަކެއް ގެނެސްފިއެވެ. މިއީ މިފަދަ އާއިލާތަކަށް ލުއިފަސޭހަކޮށްދިނުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ނިންމި ނިންމެވުމެކެވެ.
މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައި ވަނީ، މި ފުރުޞަތު ދިނުމަށް ހަމަޖެހިފައިވަނީ މާރިޗު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކަމަށެވެ. މި ނިންމެވުމާ ގުޅިގެން ސިވިލް ސަރވިސް ކޮމިޝަނުން މިހާރު ވަނީ އެކަމަށް ބޭނުންވާ އުސޫލުތައް އެކުލަވާލައި، ގަވާއިދަށް ގެންނަންޖެހޭ އިސްލާޙުތައް ގެނެސްފައެވެ. މި އިސްލާޙުގައިވާ ގޮތުން، ސިވިލް ސަރވިސްގައި މަސައްކަތްކުރާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބެލެނިވެރިން އޮފީހަށް ހާޒިރުނުވެ މަސައްކަތްކުރުމަށް އެދިއްޖެ ނަމަ، ވަކި ކަންތައްތަކަކަށް ބެލުމަށްފަހު އެ ހުއްދަދޭން ޖެހެއެވެ.
ގޭގައި ތިބެގެން މަސައްކަތްކުރުމުގެ ހުއްދަ ދިނުމުގައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތުގެ އާންމު ދިރިއުޅުމުގައި އެހެން ފަރާތެއްގެ އެހީތެރިކަން ބޭނުންވާ މިންވަރު ބަޔާންކޮށް، ސިއްޙީ މަސައްކަތްތެރިއަކު ދޫކޮށްފައިވާ ލިޔުމަކަށް ރިޢާޔަތްކުރަންޖެހެއެވެ. މީގެ އިތުރުން އެ ފަރާތަކީ ކަމާގުޅޭ އިދާރާއެއްގެ ދަފްތަރުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތެއްގެ ގޮތުގައި ރަޖިސްޓަރީވެފައިވާ ފަރާތަކަށް ވާންޖެހޭނެއެވެ.
އާ ގަވާއިދުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ވަނީ ތިން ދަރަޖައަކަށް ބަހާލާފައެވެ. އެއީ އާންމު ދިރިއުޅުމުގައި އެހެން ފަރާތެއްގެ އެހީތެރިކަން ކޮންމެހެންވެސް ބޭނުންވާ ފަރާތްތަކާއި، އާންމު ދިރިއުޅުމުގައި މެދުމިންވަރަކަށް އެހީތެރިކަން ބޭނުންވާ ފަރާތްތަކާއި، އާންމު ދިރިއުޅުމުގައި އެހެން ފަރާތެއްގެ އެހީތެރިކަން ބޭނުންނުވާ ފަރާތްތަކެވެ.
މީގެ ތެރެއިން ފުރަތަމަ ދަރަޖައިގައި ހިމެނޭ، އެހެން ފަރާތެއްގެ އެހީތެރިކަން ކޮންމެހެން ބޭނުންވާ ފަރާތްތަކުގެ ބެލެނިވެރިންނަށް މުޅި ދުވަހު އެއްކޮށް އޮފީހަށް ހާޒިރުނުވެ މަސައްކަތްކުރުމުގެ ހުއްދަ ލިބޭނެއެވެ. ނަމަވެސް، މިގޮތަށް ހުއްދަ ދޫކުރާއިރު އެ މުވައްޒަފަކު ކުރާ މަސައްކަތަކީ ގޭގައި ހުރެގެން ކުރެވޭނެ ފަދަ މަސައްކަތެއްކަމާއި، ގޭގައި މަސައްކަތް ކުރެވޭނެ އެކަށީގެންވާ މާހައުލެއް އޮތްކަން ކަށަވަރުކުރަންޖެހެއެވެ.
މީގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބެލެނިވެރިންނަށް "ބަފަރ ޓައިމް" ނުވަތަ އިތުރު ވަގުތު ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ. އެގޮތުން އެމީހަކު ބަލަހައްޓާ ފަރާތަށް ދިމާވާ ޚާއްޞަ ޙާލަތްތަކާ ގުޅިގެން ރަސްމީ ގަޑިން 1 ގަޑިއިރުގެ ބަފަރ ޓައިމެއް ލިބޭނެއެވެ. އަދި މިގޮތަށް ލަހުން ހާޒިރުވާ މުވައްޒަފުން، އެ ލަސްވި ވަގުތު ހަމަވާ ވަރަށް އޮފީސް ނިމޭ ގަޑި ފަސްކުރުމުގެ ފުރުޞަތުވެސް އާ ގަވާއިދުން ފަހިކޮށްދެއެވެ.

ކިޔުންތެރިންގެ ހިޔާލު