ޓޮމްޔަމް ރަހަތަކަށް ލޯބިކުރަށްވާ ބޭފުޅުންނަށް "ޓޮމްޔަމް ޗިކަން" އަކީ ވަރަށް ކަމުދާނެ މީރު ކެއުމަކަށް ވާނެކަން ޔަގީނެވެ. މިއީ ތައްޔާރުކޮށްލަން ވަރަށް ފަސޭހަ، އަދި އެހާމެ އަވަހަށް ތައްޔާރުކޮށްލެވޭނެ ބާވަތެކެވެ. ޓޮމްޔަމް ޗިކަން ތައްޔާރުކުރުމަށްޓަކައި ޓޮމްޔަމް ޕޭސްޓް ނުވަތަ ތައި ސޯސްވެސް ބޭނުންކުރެވިދާނެއެވެ.
ބޭނުންވާ ތަކެތި:
1 ކިލޯ ކުކުޅު (ހަން ނުނޮޅައި، ކުކުޅުފައި ނުވަތަ ބޯންލެސް މަސްވެސް ބޭނުންކުރެވިދާނެ)، ¼ ޖޯޑު ބޯކިރު، 3 މޭޒުމަތީ ސަމުސާ ޓޮމްޔަމް ޕޭސްޓް ނުވަތަ ތައި ސޯސް، 2 މޭޒުމަތީ ސަމުސާ ކުކިންގ އޮއިލް، 1 މޭޒުމަތީ ސަމުސާ ފިޝް ސޯސް، ½ ޖޯޑު ލައިމް ޖޫސް (ލުނބޯ ހުތް)، 2 މޭޒުމަތީ ސަމުސާ ބްރައުން ޝުގަރ، 3 ލޮނުމެދު (ގާނާފައި)، 1 ތަނޑު ލެމަން ގްރާސް (ހުދުބައި އެކަނި)
ތައްޔާރުކުރާނެ ގޮތް:
ފުރަތަމަ ކުކުޅުތައް ބޭނުންވާ ސައިޒަކަށް ކޮށާލުމަށްފަހު ރަނގަޅަށް ދޮވެލާށެވެ. މެރިނޭޓް ކުރުމުގެ ކުރިން ޕޭޕަރ ޓަވަލަކުން ކުކުޅުތައް ރަނގަޅަށް ހިއްކާލުން މުހިންމެވެ. ދެން، މެރިނޭޓް ކުރުމަށް ބޭނުންވާ ހުރިހާ ތަކެތި (ބޯކިރު، ޓޮމްޔަމް ޕޭސްޓް، ތެޔޮ، ފިޝް ސޯސް، ލައިމް ޖޫސް، ހަކުރު، ލޮނުމެދު އަދި ލެމަން ގްރާސް) އެއްކޮށްލުމަށްފަހު ކުކުޅުތަކުގެ މައްޗަށް އޮއްސާލައި ރަނގަޅަށް އެއްކޮށްލާށެވެ.
މެރިނޭޓް ކުރުމަށްޓަކައި "ޒިޕް ލޮކް" ކޮތަޅަކަށް އަޅާފައި ފުރިޖުގައި ބެހެއްޓިދާނެއެވެ. މަދުވެގެން އެއް ގަޑިއިރު، ނުވަތަ އެއްރޭ ވަންދެން ފުރިޖުގައި ބެހެއްޓުމުން ރަހަ ވަރަށް ބޮޑަށް ހިފާނެއެވެ. ގިނައިރު މެރިނޭޓް ކުރިވަރަކަށް ރަހަ މީރުވާނެއެވެ.
ފިހާނެ ގޮތް:
ބޭކިންގ ޓްރޭއެއްގައި ކުކުޅުތައް އެއް ލޭޔަރަށް އަތުރާލުމަށްފަހު، ބާކީ ހުރި ދިޔަގަނޑުވެސް ކުކުޅުތަކުގެ މައްޗަށް އޮއްސާލާށެވެ. އަވަން 190 ޑިގްރީއަށް ހޫނުވުމުން، ކުކުޅުތައް ލައިގެން އެއް ގަޑިއިރު ވަންދެން ފިހެލާށެވެ. ކުކުޅުގެ ހަމަށް މުށި (ބްރައުން) ކުލަ އަރައި ކުޑަކޮށް ހަރުވެލަންދެން ފިހަންވާނެއެވެ. ބޭނުންނަމަ އަލިފާނުން (ގްރިލްކޮށްގެން) ވެސް ފިހެވިދާނެއެވެ. އަލިފާނުން ފިހާނަމަ ކޮންމެ ފަރާތެއް ގާތްގަނޑަކަށް 7 މިނިޓު ވަންދެން ފިހެލާށެވެ.
ޓޮމްޔަމް ޗިކަން އަކީ ރޮށި، ފަރާޓާ ނުވަތަ ބަތާއެކު ކެއުމަށް ވަރަށް މީރު އެއްޗެކެވެ. ސޯސްގަނޑާއެކު ކާން ބޭނުންވާނަމަ، ފިހުމުގެ ބަދަލުގައި ފިޔާ މީރުކުރުމަށްފަހު މި ރަހަތަކާއެކު ކުކުޅު ކައްކާލެވިދާނެއެވެ. އަދި ބޭނުންވާ ބާވަތެއްގެ ތަރުކާރީއެއްވެސް މީގެ ތެރެއަށް އިތުރުކޮށްލެވިދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު