މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ޢުމަރު
މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ޢުމަރު
ރައްޔިތުން އަނދިރީގައި ބޭތިއްބުމަށްފަހު ސަރުކާރުން ބޮޑެތި ވައްކަން ކުރަމުންދާ ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބް ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

ދެކުނު އޭޝިޔާގެ ޤައުމުތަކުގެ އިޤުތިޞާދުތަކާ ގުޅިގެން ނެރުނު ރިޕޯޓެއްގައި ވޯލްޑް ބޭންކުން ބުނެފައިވަނީ ރާއްޖޭގެ އިޤްތިސާދު ހަމައަކަށް އެޅި ކުރީގެ ހާލަތަށް ރުޖޫޢަ ވާނީ 2023 ގައި ކަމަށާއި، މިއަހަރު ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް އިންތިހާޔަށް ދަށަށްގޮސް 19.5 އިންސައްތައާ ހަމައަށް ދަށްވާނެ ކަމަށެވެ.

އެކަމާ ގުޅިގެން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޤައުމާއި ރައްޔިތުންގެ ބޭނުންތައް ފުއްދައިދޭނެ ދުރުވިސްނޭ ޤާބިލް ސަރުކާރެއް މިއަދު ނެތްކަން ދައުލަތުގެ އިދާރަތަކުން ހާމަކުރަމުންދާ އިޤްތިޞާދީ ތަފާސް ހިސާބުތަކަށް އެކަނި ބަލައިލުމުންވެސް ހާމަވާކަމަށެވެ.

އާދަމް ޝަރީފް ވިދާޅުވީ، ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަން މިއަހަރުގެ މިހާތަނަށް 8.1 އިންސައްތަ އަށް ދަށްވެފައިވާކަމީ ރާއްޖޭގެ ހާލަތު ވަރަށް ރަނގަޅަށް ވަޒަން ކޮށްލެވޭ ކަމެއްކަމަށެވެ. މިއަދު މިކަންކަން ރަނގަޅު ކުރުމުގެ ނިޔަތުގައި ސަރުކާރަށް އެއްވެސް ކަމެއް ނުކޮށްދެވޭއިރު، ރައްޔިތުން ކަނުއަނދިރީގައި ބައިތިއްބައިގެން ކުރަމުންދަނީ ބޮޑެތި ވައްކަންތައް ކަމުގައި އާދަމް ޝަރީފް ވަނީ ވިދާޅުވެފަ އެވެ.



ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގެ ޖުމްލަ ދަރަނި ހުރީ ޖީޑީޕީއާ އަޅާބަލާއިރު 108 ޕަސެންޓުގަ އެވެ. އެއީ މި އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާ ބަލާއިރު ހަ ޕަސެންޓުގެ އިތުރުވުމެކެވެ. މި އަހަރުގެ ފުރަތަމަ ކުއާޓާގައި ރާއްޖޭގެ ދަރަނި ހުރީ 69.4 ބިލިއަން ރުފިޔާގަ އެވެ. މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ރާއްޖޭގެ ދަރަނި ވަނީ 73.9 (ގާތްގަނޑަކަށް 74) ބިލިއަން ރުފިޔާ އަށް އަރާފައެވެ.

ވޯލްޑް ބޭންކުން ރާއްޖެއަށް ލަފާދީފައިވަނީ، ރާއްޖެއަކީ ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ޤައުމަކަށް ވާތީ، ކޯވިޑް-19ގެ ސަބަބުން އިޤްތިޞާދަށް އެންމެ ބޮޑު އަސަރެއްކުރި އެއް ޤައުމަކީ ރާއްޖެ ކަމަށްވުމާއެކު މިވަގުތަށް ކޮންމެހެން ހިންގުން މަޖުބޫރު ނޫން ބޮޑެތި މަޝްރޫޢުތައް ފަސްކޮށްލަން ޖެހޭ ކަމަށެވެ.

ރައްޔިތުން އަނދިރީގައި ބައިތިއްބާފައި މި ސަރުކާރުން ވައްކަން ކުރަމުންދާ ކަމަށް ނިމިދިޔަ ސަރުކާރުގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފު ތުހުމަތު ކުރަށްވާފައިވާއިރު ރާއްޖޭގައި މިފަހުގެ ތާރީޚެއްގައި ކުރި އެންމެ ބޮޑު ވައްކަން ނުވަތަ ޚިޔާނާތް ހިންގާފައިވަނީ އާދަމް ޝަރީފު ނިސްބަތްވެ ވަޑައިގަންނަވާ ނިމިދިޔަ ރައީސް ޔާމީންގެ ސަރުކާރުގައެވެ. މިމައްސަލައިގައި އެސަރުކާރުގެ ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ މައްޗަށް ޝަރީއަތް ހިންގައި، ކުށް ސާބިތުވެ ދެބޭފުޅުން ޖަލަށް ހުކުމްކޮށް، ދެބޭފުޅުން ވެސް މިހާރު ގެންދަވަނީ ހުކުމް ތަންފީޒު ކުރަށްވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


22

މޫޝާފުޅު މާފުށި

11-Oct-2020

ދަތްދޮޅިޔާ ބުނަން ރަންގަޅު ވާާޙަކައެއް ދެނެއް ރަށްޔިނުންގެ ލޮލަކު އަނދުނެއް ނޭޅުވޭނެ އިނގިޖެ


-3

ހަސްކަލޯ

11-Oct-2020

ދަތްދޮޅިއާދަނުމެން ވެރިކަމުގެ ކޮޔެލުތެރޭގަ އުޅުށވި ދުވަސްވަރު ކަންތައް ކުރެއްވި ގޮޔް ހަނދުމަފުޅު ނެތުނީތޯ



ޓްރެންޑިން