ޕްރައުން ފްރައިޑް ރައިސް އަކީ ވަރަށް އަވަހަށް އަދި ފަސޭހަކަމާއެކު ތައްޔާރުކޮށްލެވޭނެ، މީރު ކާއެއްޗެކެވެ. ތިރީގައި މިވަނީ މި ރެސިޕީ ތައްޔާރުކުރާނެ ގޮތުގެ ތަފްސީލެވެ.
ބޭނުންވާ ތަކެތި:
2 ޖޯޑު ކައްކާފައި ހުރި ބަތް، 1 ޖޯޑު ކައްކާފައި ހުރި ޕްރައުންސް (އިހި)، 2 ސައިސަމްސާ ގީ، 1 ޖޯޑު ފިޔާ (ކުދިކޮށް ކޮށާފައި)، 1/3 ޖޯޑު ގްރީންޕީސް، 2 ލޮނުމެދު (ކުދިކޮށް ކޮށާފައި)
1 އިންޗި އިނގުރު (ގާނާފައި)، 1 ސައިސަމްސާ ލައިޓް ސޯޔާސޯސް
ތައްޔާރުކުރާނެ ގޮތް:
އެންމެ ފުރަތަމަ ތަވައެއް އުނދުންމައްޗަށް އުދައި، ގީ ކޮޅު އަޅައިގެން ހޫނުކޮށްލާށެވެ. ގީ ކޮޅު ހޫނުވުމުން އޭގެ ތެރެއަށް ކޮށާފައި ހުރި ފިޔާ، ލޮނުމެދު އަދި ގާނާފައި ހުރި އިނގުރު އަޅާށެވެ. ފިޔާކޮޅަށް ރަން މުށިކުލަ އަރަންދެން ރަނގަޅަށް މީރުކޮށްލާށެވެ. ދެން ކައްކާފައި ހުރި ޕްރައުންސްކޮޅު ތަވައަށް އަޅާލުމަށްފަހު 1 ނުވަތަ 2 މިނެޓް ވަންދެން ކައްކާލާށެވެ.
އެއަށްފަހު، ކައްކާފައި ހުރި ބަތް ކޮޅާއި ގްރީންޕީސް އަޅައި، ހުރިހާ ބާވަތްތަކެއް އެކުލެވޭނެހެން ރަނގަޅަށް އެއްކޮށްލުމަށްފަހު ގާތްގަނޑަކަށް 3 މިނެޓް ވަންދެން ކައްކާށެވެ. އެންމެ ފަހު ފިޔަވަޅެއްގެ ގޮތުން، ސޯޔާސޯސް ކޮޅު އަޅައި، ބަތާއި ހުރިހާ އެއްޗެއް ރަނގަޅަށް އެއްކޮށްލުމަށްފަހު އުނދުންމަތިން ބާލާށެވެ.
މިހާރު މިވަނީ މީރު ޕްރައުން ފްރައިޑް ރައިސް ތައްޔާރުކޮށް ނިމިފައެވެ. ހޫނުކަންމަތީގައި އިންސާފުކޮށްލަން ވަރަށް ފުރިހަމަވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު