އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ހޮރްމޫޒް ކަނޑުއޮޅި ބަންދުވެ، ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކަށް ހަކަތައިގެ ބޮޑު ކާރިސާއަކާ ކުރިމަތިލާން ޖެހިއްޖެއެވެ. މި ކަމާ ގުޅިގެން އެ ސަރަހައްދުގެ ގައުމުތަކުން ދަނީ އޮފީސްތައް ބަންދުކުރުމާއި ދަތުރުފަތުރު ކުރުން ހަނިކުރުން ފަދަ ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންނެވެ.
ކަނޑުއޮޅި ބަންދުވުމުގެ ނަތީޖާއެއްގެ ގޮތުން ފިލިޕީންސްގެ ސަރުކާރު އޮފީސްތަކުގެ މަސައްކަތު ހަފުތާ ހަތަރު ދުވަހަށް ވަނީ ކުރުކޮށްފައެވެ. ތައިލެންޑާއި ވިއެޓްނާމްގެ ސަރުކާރުން ވަނީ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރުމަށާއި ދަތުރުފަތުރު މަދުކުރުމަށް އިރުޝާދު ދީފައެވެ. މީގެ އިތުރުން މިޔަންމާގައި އުޅަނދުފަހަރު ދުއްވޭނީ ވަކި ދުވަސްތަކެއްގައި ކަމަށް ކަނޑައަޅައި ހަރުކަށި ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ.
ތެލުގެ އަގު ހިފެހެއްޓުމަށްޓަކައި ސަރުކާރުތަކުން ދަނީ ބާޒާރަށް ސީދާ ގޮތުން ނުފޫޒު ފޯރުވަމުންނެވެ. އެގޮތުން ތައިލެންޑުގެ ބޮޑުވަޒީރު އަނޫޓިން ޗާންވިރަކުލް ވަނީ ޑީސަލްގެ އަގު ވަކި މިންވަރެއްގައި ހިފެހެއްޓުމަށް އަމުރުކުރައްވާފައެވެ. އަދި ވިއެޓްނާމުން ވަނީ ތެލުގެ އަގު ކޮންޓްރޯލް ކުރުމަށް އުފައްދާފައިވާ ހާއްސަ ފަންޑުން ފައިސާ ބޭނުންކުރަން ފަށާފައެވެ.
ސިންގަޕޫރުގެ އޭޝިއާ ޑިކޯޑަޑްގެ އިގްތިސާދީ މާހިރު ޕްރިޔަންކާ ކިޝޯރު ވިދާޅުވީ، މިއީ ކަނޑުއޮޅި ބަންދުވެފައި އޮންނަ ނަމަ ކުރިމަތިވާނެ ބޮޑު ކާރިސާގެ ކުޑަ މިންވަރެއް ކަމަށެވެ. ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކަކީ އަމިއްލައަށް ހަކަތަ އުފެއްދުމުގެ ގާބިލުކަން ހުރި ގައުމުތަކެއް ނަމަވެސް، އެ ގައުމުތަކުން ބޭނުންކުރާ ތެލާއި ގޭހުގެ ބޮޑު ބައެއް އިމްޕޯޓް ކުރަނީ ހޮރްމޫޒް ކަނޑުއޮޅި މެދުވެރިކޮށެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2024 ވަނަ އަހަރު މި ކަނޑުއޮޅިން ދަތުރުކުރި ސާފުނުކުރާ ތެލުގެ 84 އިންސައްތަ އަދި އެލް.އެން.ޖީގެ 83 އިންސައްތަ އަކީ އޭޝިއާގެ ގައުމުތަކަށް ގެންދިޔަ ތަކެއްޗެވެ. މީގެ ތެރެއިން ގިނަ ބަޔަކީ ޗައިނާ، އިންޑިއާ، ޖަޕާން އަދި ދެކުނު ކޮރެއާއަށް ފޮނުވި ތަކެއްޗެވެ.
މި ކާރިސާގެ ސަބަބުން އެންމެ ބޮޑު ނުރައްކަލެއް ކުރިމަތިވެފައިވަނީ ފިލިޕީންސް، ތައިލެންޑް، މެލޭޝިއާ އަދި ބުރުނާއީއަށެވެ. މި ގައުމުތަކުން ބޭނުންކުރާ ސާފުނުކުރާ ތެލުގެ 60 އިންސައްތަ އާއި 95 އިންސައްތައާ ދެމެދުގެ އަދަދެއް އިމްޕޯޓް ކުރަންޖެހެއެވެ. އިންޑޮނޭޝިއާ ފަދަ ތެޔޮ އުފައްދާ ގައުމަކުން ވެސް ބޭނުންވާ ތެލުގެ ތިންބައިކުޅަ އެއްބަޔަށް ވުރެ ގިނައިން ބަރާސާވަނީ އިމްޕޯޓަށެވެ.
ވިއެޓްނާމުން މިހާރު ދަނީ މެދުއިރުމަތި ނޫން އެހެން ސަރަހައްދުތަކުން 4 މިލިއަން ފީފާގެ ތެޔޮ ހޯދުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް މިއީ އެ ގައުމުގެ އެންމެ 6 ދުވަހުގެ ބޭނުމަށް ފުދޭނެ މިންވަރެކެވެ. ތައިލެންޑުގައި 65 ދުވަހުގެ ރިޒާވް ހުރިއިރު، ފިލިޕީންސްގައި ހުރީ 50 އާއި 60 ދުވަހުގެ ރިޒާވެކެވެ.
މި ހާލަތުގެ ސަބަބުން ތައިލެންޑުން ވަނީ ކެމްބޯޑިއާ އާއި ލާއޯސް ފިޔަވައި އެހެން ގައުމުތަކަށް ތެޔޮ ބޭރުކުރުން މަނާކޮށްފައެވެ. އަދި ބައެއް ބޮޑެތި ކުންފުނިތަކުން ވަނީ ތެޔޮ ނުލިބުމުގެ ސަބަބުން އުފެއްދުންތެރިކަން ހުއްޓާލަން ޖެހިދާނެ ކަމުގެ އިންޒާރު ދީފައެވެ. އިގްތިސާދީ މާހިރުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދެތިން ހަފުތާގެ ތެރޭގައި ކަނޑުއޮޅި ނުހުޅުވިއްޖެނަމަ، މުޅި ސަރަހައްދުގެ އިގްތިސާދު އިނދަޖެހި، ތެލުގެ އަގު އިންތިހާއަށް އުފުލިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު