ކުރީގެ ނާއިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު
ކުރީގެ ނާއިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު
މިވެރިކަން ނިމިގެންދާއިރު ރާއްޖޭގެ އެތައް ރައްޔިތުންނެއް ހާލުގައި ޖެހޭނެ ކަމަށް ކުރީގެ ނައިބް ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ އެޑްވައިޒަރ ޑރ.ޖަމީލް ވިދާޅުވީ ލައްކަ ދުވަހު ޢުޒުރު ދެއްކިއްޖެ ކަމަށާއި، ދިވެހިންނަށް ދެ ފިކުރުގެ ތަފާތު ސާފުވެފައިވާ ކަމަށެވެ. އަދި އެމްޑީޕީއަށް ވެރިކަން ލިބޭ ކޮންމެ ފަހަރަކު މިނިވަންކަން ގެއްލި، ދަރަނި ބޮޑުވެ، ދިވެހިންގެ ދިރިއުޅުން ވޭނަކަށްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަދު ޤައުމުގެ ކަންކަންދާ މިސްރާބަށް ބަލާއިރު، މިވެރިކަން ނިމޭއިރު ރާއްޖޭގެ ހާލަތު މިއިން ޒަމާނަކު ނުދާވަރަށް ދަށަށްގޮސް، އެތައްބަޔަކު ހާލުގައި ޖެހޭނެކަމަށް ޑރ. ޖަމީލު ވިދާޅުވިއެވެ. މިހާލަތަކީ ރައްޔިތުންގެ މަސައްކަތުން ބަދަލު ކުރެވޭނެ ހާލަތަކަށްވާއިރު ހާލަތު ބަދަލުކޮށްގެން ނޫނީ ރައްޔިތުންނަށް އުފާވެރި ދުވަސްތަކެއް ނުލިބޭނެކަމަށް ޖަމީލް ވިދާޅުވި އެވެ.



ޖަމީލް ވިދާޅުވީ ދިވެހިން ބޭނުންވަނީ ބުރިޖުއަޅައި، ތަރައްޤީގެ މަޝްރޫޢުތައް ހިންގައި، އެއްވެސް ބައެއްގެ ފައިބުޑަށް ނުވެއްޓި މިނިވަންކަން މަތީ އުޅެން ކަމަށާއި، ވަކި ބަޔަކަށްވުރެ ޤައުމު ބޮޑުވާނެ ކަމަށެވެ.

ޖަމީލް މިގޮތަށް ވިދާޅުވެފައިވާއިރު، ކުރީގެ ސަރުކާރުން ތަރައްގީގެ މަޝްރޫޢުތައް ހިންގުމުގެ ނަމުގައި ނަގާފައިވާ ދަރަނިތަކުގެ ބުރަ އުފުލަން ޖެހިފައިވަނީ މިސަރުކާރަށް ކަމުގައި ވިދާޅުވެ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވަނީ ކަންބޮޑުވުން ފާޅު ކުރަށްވާފައެވެ. އެގޮތުން ދަރަނިތައް އަލުން މުރާޖަޢާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވަނީ ގޮވާލައްވާފައެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދު ދިމާވެފައިވާ އެންމެބޮޑު ގޮންޖެހުމަކީ ދައުލަތުގެ ދަރަނި އިންތިހާއަށް ބޮޑުވެ ދަރަނި އަނބުރާ ދައްކާނެ އާމްދަނީއެއް ދައުލަތުގައި ނެތުންކަމަށެވެ. އަދި 2012 އިން 2018 އަށް އޭރުގެ ސަރުކާރުން ނަގާފައިވާ ގިނަ ލޯނުތަކުގެ ގްރޭސް ޕީރިއަޑް ހަމަވެ އެލޯނުތައް ދެއްކުމުގެ ބުރަވެސް ރައީސް ޞާލިހަށް މަތިވެފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު


8

ހަސަން ކަލޯ ފޭދޫ

11-Oct-2020

މިސްޓަރު މޯޜޑިސް އައް ހަމަ ރަނގަޅު އެއް ފިކުރެއްވެސް ނޯއނާނެ އަބަދުވެސް އެހެން އަނގަޠަޅާލަ ތަޅާލަތަޅާލަ ހުންނާނީ އެނބުރޭ ވަހުތާނެކޭ އެ އެކޭ ތަފާާފާތެށ ނުހުންނާނެ



ޓްރެންޑިން