ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޑުއްވަރީ ދާއިރާގެ މިހާރުގެ މެމްބަރު އާދަމް ޝަރީފް އިސްވެ ހުންނަވައިގެން ދިވެހި ސިފައިން ރައްޔިތުންގެ މަޖިލީހަށް ވައްދަވައިގެން، މަޖިލީހުގެ ކަރާމާތް ގެއްލުވައިލި މައްސަލަ ބަލައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ކުރީގެ މެންބަރު ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް އިބްރާހިމް މުޙައްމަދު ދީދީ އެދިވަޑައިގެންފިއެވެ.
ދިވެހިރާއްޖެ ކުރިއަށް ގެންދަން ބޭނުންވާ މިސްރާބެއް އަދި ކުރިއަށް ގެންދިއުމަށް ބޭނުންވާ ވިސްނުންތެރިކަން މި ސަރުކާރުގައި ނެތް ކަމަށް މެންބަރު އާދަމް ޝަރީފު ޢުމަރު ވިދާޅުވުމާ ގުޅިގެން އިބްރާހިމް ދީދީ ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
އެކަމާ ގުޅިގެން ބްރިގޭޑިއާ ޖެނެރަލް ރިޓަޔަރޑް އިބްރާހިމް މުޙައްމަދު ދީދީ ކުރެއްވި ޓްވީޓުގައި ވަނީ އާދަމް ޝަރީފް އަޑީގައި އިސްވެ ހުންނަވައިގެން ދޮގު އިންޓެލް ރިޕޯޓެއް ހައްދަވައިގެން ދިވެހި ސިފައިން ރައްޔިތުންގެ މަޖިލީހަށް ވައްދަވައިގެން، މަޖިލީހުގެ ކަރާމާތް ގެއްލުވައިލި މައްސަލަ ބައްލަވާކަށް ނުވޭތޯއޭ ވިދާޅުވެ ސުވާލުކުރަށްވާފައެވެ. ޖެނެރަލް އިބްރާހިމް ދީދީގެ ޓްވީޓްގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި ޑިފެންސް މިނިސްޓަރު މާރިއާ އަޙްމަދު ދީދީ ޓެގް ކުރަށްވާފައެވެ.
އަދި ވެރިކަމުގައި ތިއްބެވިއިރު އޭރުވެސް އެމްއެންޑީއެފް އަށް އޮޅުވާލެއްވީ އިންޑިއާ ސިފައިން މަޖިލީސް ހިފަން އެމްޑީޕީ އާއެކު ރޭވިކަމަށް ބުނެގެން ކަމަށާއި، މިހާރު އިދިކޮޅުގައި ހުންނަވައިގެންވެސް އާދަމް ޝަރީފް ދައްކަވަނީ އިންޑިއާ އިން ރާއްޖޭގެ މިނިވަންކަން ނަގާލަން އުޅޭ ދޮގު ފިތުނަވެރި ވާހަކަ ކަމަށް ޖެނެރަލް ޑީޑީ ވިދާޅުވިއެވެ.
ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް ކެމްޕެއިން ހިންގަމުންދަނީ ހަރުކަށި ފިކުރުގެ ޖަމާއަތްތައް އަޑީގައި ތިބެގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާތީ އެކަމާ ގުޅިގެން އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ގެއްލުންވާ ކޮންމެ ކަމަކުން އޭގެ އެންމެ ބޮޑު ނުރައްކަލެއް ކުރިމަތިވާނީ ރާއްޖޭގައި އޮތް މާތްވެގެންވާ އިސްލާމީ ވަހުދަތަށް ކަމަށެވެ.
ރާއްޖޭގައި ބޭރުގެ އެއްވެސް ޤައުމެއްގެ ސިފައިން ތިބުމަކީ ތަހުޒީބު ކަމެއްކަމަށް ދެކޭ މީހުންނަކީ ޤައުމުގެ މުސްތަޤުބަލާއި މިނިވަންކަމާއިމެދު އެއްވެސް ވަރަކަށް ވިސްނާ ބައެއްނޫންކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ. އަދި އެވިސްނުން ގެންގުޅުއްވާ ބޭފުޅުންނަށް ރާއްޖޭގައި އެހެން ދީންތަކަށް ތަރުހީބުދީ ފައްޅި އެޅުމަށްވެސް ތަރުހީބު ދިނުމަކީ ދުރުކަމެއް ނޫންކަމަށް އޭނާ ވިދާޅުވި އެވެ.

@Adamshareefz adeega Isve hunnavaa dhogu Intell report eh fabricate kuravvavaa Dhivehi sifain vadhdhaigen Rayyithun ge majlis ge karaamaaiy gelluvaali massala ballavaa kah nuveythoa? @MohamedNasheed @MariyaDidi pic.twitter.com/oHeIBryFQs
— Ibrahim M Didi (@ibrahimmdidi) October 9, 2020
އަދި ވެރިކަމުގައި ތިއްބެވިއިރު އޭރުވެސް އެމްއެންޑީއެފް އަށް އޮޅުވާލެއްވީ އިންޑިއާ ސިފައިން މަޖިލީސް ހިފަން އެމްޑީޕީ އާއެކު ރޭވިކަމަށް ބުނެގެން ކަމަށާއި، މިހާރު އިދިކޮޅުގައި ހުންނަވައިގެންވެސް އާދަމް ޝަރީފް ދައްކަވަނީ އިންޑިއާ އިން ރާއްޖޭގެ މިނިވަންކަން ނަގާލަން އުޅޭ ދޮގު ފިތުނަވެރި ވާހަކަ ކަމަށް ޖެނެރަލް ޑީޑީ ވިދާޅުވިއެވެ.
ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް ކެމްޕެއިން ހިންގަމުންދަނީ ހަރުކަށި ފިކުރުގެ ޖަމާއަތްތައް އަޑީގައި ތިބެގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާތީ އެކަމާ ގުޅިގެން އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ގެއްލުންވާ ކޮންމެ ކަމަކުން އޭގެ އެންމެ ބޮޑު ނުރައްކަލެއް ކުރިމަތިވާނީ ރާއްޖޭގައި އޮތް މާތްވެގެންވާ އިސްލާމީ ވަހުދަތަށް ކަމަށެވެ.
ރާއްޖޭގައި ބޭރުގެ އެއްވެސް ޤައުމެއްގެ ސިފައިން ތިބުމަކީ ތަހުޒީބު ކަމެއްކަމަށް ދެކޭ މީހުންނަކީ ޤައުމުގެ މުސްތަޤުބަލާއި މިނިވަންކަމާއިމެދު އެއްވެސް ވަރަކަށް ވިސްނާ ބައެއްނޫންކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ. އަދި އެވިސްނުން ގެންގުޅުއްވާ ބޭފުޅުންނަށް ރާއްޖޭގައި އެހެން ދީންތަކަށް ތަރުހީބުދީ ފައްޅި އެޅުމަށްވެސް ތަރުހީބު ދިނުމަކީ ދުރުކަމެއް ނޫންކަމަށް އޭނާ ވިދާޅުވި އެވެ.
ކިޔުންތެރިންގެ ހިޔާލު