ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ޢަލީ ނިޒާރު (ކ) އާއި ޑރ. ޖަމީލް (ވ)
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ޢަލީ ނިޒާރު (ކ) އާއި ޑރ. ޖަމީލް (ވ)
ނިކަމެތި ޙާލުގައި ނުހުންނަވާ ރަށަށް ވަޑައިގެން ދަނޑުވެރިކަން ކުރެއްވުމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލްގެ އަރިހުން، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލީ ނިޒާރު އެދިވަޑައިގެންފިއެވެ.

މިއަދު ޤައުމުގެ ކަންކަންދާ މިސްރާބަށް ބަލާއިރު، މިވެރިކަން ނިމޭއިރު ރާއްޖޭގެ ހާލަތު މިއިން ޒަމާނަކު ނުދާވަރަށް ދަށަށްގޮސް، އެތައްބަޔަކު ހާލުގައި ޖެހޭނެކަމަށް ޑރ. ޖަމީލު ވަނީ ވިދާޅުވެފައެވެ. އަދި މިހާލަތަކީ ރައްޔިތުންގެ މަސައްކަތުން ބަދަލު ކުރެވޭނެ ހާލަތަކަށްވާއިރު ހާލަތު ބަދަލުކޮށްގެން ނޫނީ ރައްޔިތުންނަށް އުފާވެރި ދުވަސްތަކެއް ނުލިބޭނެކަމަށް ޖަމީލް ވިދާޅުވި އެވެ.

ޑރ. ޖަމީލްގެ މި ވާހަކައާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލީ ނިޒާރު ވަނީ ޑރ. ޖަމީލަށް ނަސޭޙަތެއް ދެއްވާފައެވެ. އެގޮތުން ނިޒާރު ވަނީ ޑރ. ޖަމީލް ނިކަމެތި ޙާލުގައި ނުހުންނަވާ ރަށަށް ވަޑައިގެން ދަނޑުވެރިކަން ކުރެއްވުމަށް ނަސޭޙަތްތެރިވެ ވަޑައިގެންފައެވެ. އަދި ނިޒާރުވެސް މިހާރު ކުރަށްވަނީ އެ މަސައްކަތް ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީގައި ހުންނެވިނަމަ ވަޒީފާއެއްވެސް ލިބިވަޑައިގަތީސް ކަމަށް ޑރ ޖަމީލަށް ނިސްބަތް ކުރަށްވައި ނިޒާރު ވިދާޅުވެފައިވެއެވެ.

ޖަމީލް މިއަދު ވިދާޅުވީ ދިވެހިން ބޭނުންވަނީ ބުރިޖުއަޅައި، ތަރައްޤީގެ މަޝްރޫޢުތައް ހިންގައި، އެއްވެސް ބައެއްގެ ފައިބުޑަށް ނުވެއްޓި މިނިވަންކަން މަތީ އުޅެން ކަމަށާއި، ވަކި ބަޔަކަށްވުރެ ޤައުމު ބޮޑުވާނެ ކަމަށެވެ. އަދި އެމްޑީޕީއަށް ވެރިކަން ލިބޭ ކޮންމެ ފަހަރަކު މިނިވަންކަން ގެއްލި، ދަރަނި ބޮޑުވެ، ދިވެހިންގެ ދިރިއުޅުން ވޭނަކަށްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޖަމީލް މިގޮތަށް ވިދާޅުވެފައިވާއިރު، ކުރީގެ ސަރުކާރުން ތަރައްގީގެ މަޝްރޫޢުތައް ހިންގުމުގެ ނަމުގައި ނަގާފައިވާ ދަރަނިތަކުގެ ބުރަ އުފުލަން ޖެހިފައިވަނީ މިސަރުކާރަށް ކަމުގައި ވިދާޅުވެ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވަނީ ކަންބޮޑުވުން ފާޅު ކުރަށްވާފައެވެ. އެގޮތުން ދަރަނިތައް އަލުން މުރާޖަޢާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވަނީ ގޮވާލައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު


7

އީޖާޒް

11-Oct-2020

ދަނޑުވެރި ކަމަކީ ނިކަމެތިން ކުރާ ކަމެއްތަ?



ޓްރެންޑިން