ކުރީގެ އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު
ކުރީގެ އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު
ދައުލަތަށް ބިލިޔަނުން ފައިސާލިބި މެނޭޖް ކުރަން ނޭންގުމަކީ ދައުލަތް ހިންގަން ތިބި ބޭފުޅުން ނާޤާބިލް ވުމުން ދިމާވާކަމެއް ކަމަށް ކުރީގެ އިޤްތިޞާދީ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވިއެވެ.

ކުރީ ސަރުކާރުތަކުން ނަގާފައިވާ ދަރަނި އަލުން މުރާޖާކުރުމަށް ރައީސް މުޙައްމަދު ނަޝީދު ގޮވާލެއްވި ގޮވާލެއްވުމާއި ގުޅިގެން މާވަށު ދާއިރާގެ މެންބަރު ސައީދު ވިދާޅުވީ މިހާލަތާއި އަޅުވައިގެން އެތައް ލޯނެއް ނަގައި، ބޮޑެތި އަދަދުތަކުން ފައިސާގެ އެހީތެރިކަން ލިބިގެން ދާއިރުވެސް ފެނިގެންދަނީ ޙާލަތާ ނުބައްދަލު ޚަރަދުކޮށް ދައުލަތުގައި ނެތް ވަރުން ފައިސާ ހޭދަކުރަމުންދާތަން ކަމަށެވެ.

އަދި މިއަދު ދުނިޔޭގެ މާލީ އިދާރާތަކުން ރާއްޖޭގެ ހާލަތާއިމެދު ކަންބޮޑުވެ ފާޑުކިޔަމުންދަނީ ހަރުދަނާ ނިޒާމެއްގެ ތެރެއިން ދައުލަތުން މަސައްކަތް ނުކުރެވޭތީކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ.

"250 މިލިޔަން ޑޮލަރުގެ އެހީ، 4 ބިލިޔަން ޕްރިންޓް، 1.2 ބިލިޔަން ލޯން، 800 މިލިޔަން ޑޮލަރުގެ ލޯން ކްރެޑިޓް، 200 މިލިޔަން ޑޮލަރު ކަރަންސީ ސްވެޕްއާއި 2 ބިލިޔަން ކޯވިޑް ހޭދައިގެ އިތުރަށް ރެކޯޑް މިންވަރަށް ރިކަރެންޓް ޚަރަދު ކުރުމުން، ވޯލްޑް ބޭންކު ވެސް ފާޑުކިޔާނެ. މިއީ އެންމެ ދެ އަހަރުގެ ނާޤާބިލްކަން." ސަޢީދު ވިދާޅުވިއެވެ.

ހީނަރުވެފައިވާ ރާއްޖޭގެ އިޤްތިޞާދާއި ގުޅިގެން ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިއަދު ދިމާވެފައިވާ އެންމެބޮޑު ގޮންޖެހުމަކީ ދައުލަތުގެ ދަރަނި އިންތިހާއަށް ބޮޑުވެ ދަރަނި އަނބުރާ ދައްކާނެ އާމްދަނީ ދައުލަތުގައި ނެތުންކަމަށެވެ. އަދި 2012 އިން 2018 އަށް އޭރުގެ ސަރުކާރުން ނަގާފައިވާ ގިނަ ލޯނުތަކުގެ ގްރޭސް ޕީރިއަޑް ހަމަވެ އެލޯނުތައް ދެއްކުމުގެ ބުރަވެސް ރައީސް ޞާލިހަށް މަތިވެފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން އެންމެ ގިނައިން ދަރަނި ދައްކަން ޖެހިފައިވަނީ 2021 އިން 2023 އަށްކަން ފާހަގަކުރަށްވައި ރައީސް ނަޝީދު ވިދާޅުވީ، މިދަނޑިވަޅުގައި އެންމެ ބުއްދިވެރި ގޮތަކަށް ވާނީ ދަރަނިތައް އިތުރު ޖޫރިމަނާއަކާ ނުލާ އަލުން މުރާޖަޢާ ކުރުން ކަމަށެވެ.

ވޯލްޑް ބޭންކުން ރާއްޖެއަށް ލަފާދީފައިވަނީ، ރާއްޖެއަކީ ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ޤައުމަކަށް ވާތީ، ކޯވިޑް-19ގެ ސަބަބުން އިޤްތިޞާދަށް އެންމެ ބޮޑު އަސަރެއްކުރި އެއް ޤައުމަކީ ރާއްޖެ ކަމަށްވުމާއެކު މިވަގުތަށް ކޮންމެހެން ހިންގުން މަޖުބޫރު ނޫން ބޮޑެތި މަޝްރޫޢުތައް ފަސްކޮށްލަން ޖެހޭ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


-14

ޙައްވަ މުހައްމަދު

11-Oct-2020

ގާބިލުވަނީ ވައްކަން ކުރާއިރުނތޯ?



ޓްރެންޑިން