ގއ. ދާންދޫގައި ކާނާ ވިހަވެގެން ފަރުވާ ދެމުންދިޔަ އަންހެނަކު ނިޔާވެއްޖެ އެވެ.

ދާންދޫ ކައުންސިލްގެ ރައީސް މުހައްމަދު އާސިފް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކާނާ ވިހަވެގެން ދާންދޫ ހެލްތު ސެންޓަރަށް ރޭ ގެންދިޔަ އަންހެނަކު ނިޔާވެފައިވާ ކަމަށެވެ. މިހާދިސާގައި ނިޔާވެފައިވަނީ ގއ.ދާންދޫ /ވިނަމަތި، އާއިޝަތު އިބްރާހިމް އެެވެ.

ނިޔާވީ އުމުރުން 41 އަހަރުގެ އަންހެނެކެވެ.

އެ ރަށު ހެލްތު ސެންޓަރުގައި ވަޒީފާ އަދާކުރަމުންދިޔަ އެ އަންހެންމީހާ އެލާޖިކްވި ކަމަށް ބެލެވެނީ އޮޅުއަލަ ކައިގެން ކަމަށް ބެލެވޭ ކަމަށް ދާންދޫ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

މި ހާދިސާއާ ގުޅިގެން ދާންދޫ ހެލްތު ސެންޓަރުގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު