ލ. ގަމު ކަނބަލުންނަށް ފަހި މުސްތަގުބަލެއް ހޯދައިދެވޭނީ އަންހެނުންގެ ކޮމެޓީގެ ގޮނޑިތަކަށް ކުރިމަތިލައިފާވާ އެމްޑީޕީގެ ކެނޑިޑޭޓުންނަށް ކަން ކަށަވަރު ކަމަށް ނިމިގެންމިދާ ދައުރުގެ ގަމު ކައުންސިލަރު އަދި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އަންހެނުންގެ ކޮމިޓީގެ ރައީސާކަމަށް ވާދަކުރައްވާ އެމް.ޑީ.ޕީ ކެންޑިޑޭޓް މަރިޔަމް ނީނާ ވިދާޅުވެއްޖެއެވެ.
ރަސް އަށް ދެއްވި ބަސްދީ ގަތުމެއްގައި ނީނާ ވިދާޅުވީ އެންމެ ފުރަތަމަ ކަމަކަށް، އަންހެނުންނަކީ މުހިއްމު ބައެއް ކަމަށް ދެކި، އަންހެނުންގެ ކޮމިޓީގެ މުހިއްމުކަން ދަނެ، އެ ކޮމިޓީ ވަރުގަދަކޮށް ބާރު ދެއްވީ އިބްރާހީމް މުހައްމަދު ސާލިހުގެ (އެމްޑީޕީގެ) ވެރިކަމުގައި ކަމަށެވެ. އޭގެތެރެއިން، ކޮމިޓީގެ މެމްބަރުންނަށް ދެމުން ދިޔަ 500ރ ގެ އެލަވެންސް 6،000ރ އަށް ބޮޑުކޮށްދިނުމާއި ޕާޓީގެ ފަރާތުން ވާދަކުރެވޭނެ ގޮތް ހަދައިދިނުން ހިމެނެއެވެ. އަދި، ކައުންސިލުގެ ބަޖެޓުން 5 އިންސައްތަ އަންހެނުންގެ ކޮމިޓީއަށް ދެއްވީވެސް އެމްޑީޕީގެ ސަރުކާރުންކަމަށާއި އެހެން ކަމުން، މި ފިކުރުގައި ނިކުމެ ތިބި އެމްޑީޕީ ކެނޑިޑޭޓުންނަކީ މިކަމަށް އެންމެ ކުޅަދާނަ ޓީމުކަމަށް ނީނާ ވިދާޅުވިއެވެ.
އިތުރަށް ނީނާ ވިދާޅުވިގޮތުގައި، އެހެން ކެނޑިޑޭޓުންނާ ހިލާފަށް އެމްޑީޕީއިން ނިކުމެ ތިއްބެވި ކެނޑިޑޭޓުންނަކީ އަބަދުވެސް ލާމު ގަމުގެ އިޖުތިމާއީ ހުރިހާ ކަމެއްގައި ނިކުމެ އިސްކޮަށް އުޅެމުން އައި އަންހެނުންނެވެ. ގަމުގެ ހާލަތާއި އަދި ވަކިން ހާއްސަކޮށް ގަމުގެ އަންހެނުންގެ ހާލަތަށް އާ ނުވާނެ ބައެކެވެ. ކަމުގައެވެ.
ނީނާގެ އިތުރުން އެމްޑީޕީން ލ. ގަމުގެ ކައުންސިލަށް އަންނަ އިންތިޚާބަށް ކުރިމަތިލާފައިވަނީ މަރިޔަމް އިސްމާއީލް، ފާތިމަތު ރަޒިއްޔާ، ނަހުލާ އަބޫބަކުރު، އަދި އަނީސާ އަލީ އެވެ.
ނީނާ ވަނީ 2019 އިން 2021 އަށް، އަންހެނުން ކޮމިޓީގެ ރައީސާކަން އަދާކޮށް އެކަމުގެ ފުރިހަމަ ތަޖުރިބާ ހޯދާފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުން އޭރުގައި ގިނަ ފަހަރަށް ކޮމިޓީއަށް މެމްބަރުން ހަމަ ނުވެގެން އުޅެން ޖެހުމުން ނީނާ ވަނީ އަމިއްލައަށް އިސްނަންގަވައިގެން ކޮމިޓީއެއް އެކުލައްވާލާ މަސައްކަތްތައް ކުރިއަށް ގެންދަވާފައެވެ. މި ފަހަރު ލ.ގަމު އަންހެނުންގެ ކޮމިޓީގެ ރައީސާ ކަމަށް ނީނާ ކުރިމަތި ލާން ނިންމެވީ، ވޭތުވެ ދިޔަ 5 އަހަރު ކައުންސިލް މެމްބަރެއް ގޮތުގައި ހިދުމަތްކޮށްދިނުމަށް ފަހު، ވީހާވެސް ބޮޑާށް ރަށުގެ ކަނބަލުންގެ ގާތުން އެކަނބަލުންގެ ކަންކަން ބަލައި، ކަނބަލުންގެ ހައްގަށް މަސައްކަތް ކޮށްދޭން ބޭނުން ވާތީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު