މާލެ ސަރަހައްދުގައި އާއްމު ދަތުރުފަތުރުގެ ދާއިރާއަށް ދިމާވެފައިވާ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށްޓަކައި ސަރުކާރުން ފަށާ އައު ޓެކްސީ ލައިންގެ ހިދުމަތް، 150 ޓެކްސީއާއެކު އަންނަ މަހުގެ 2 ވަނަ ދުވަހު ފެށުމަށް ތައްޔާރުވެއްޖެއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އިން މިއަދު ބުނީ، މި ހިދުމަތް ތައާރަފް ކުރުމުގެ މައިގަނޑު މަގްސަދަކީ ރައްޔިތުންނަށް އިތުބާރު ކުރެވޭ، ރައްކާތެރި، އަދި ފެންވަރު ރަނގަޅު ޓެކްސީގެ ހިދުމަތެއް ފޯރުކޮށްދިނުން ކަމަށެވެ. މީގެއިތުރުން، ޒަމާނީ ޓެކްނޮލޮޖީއާއެކު ތިމާވެއްޓާ ރައްޓެހި ހިދުމަތެއް ފޯރުކޮށްދިނުމަކީ ވެސް މި މަޝްރޫޢުގެ މުހިންމު އަމާޒެކެވެ.
"ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި ސަރުކާރުން ތިމާވެށި ރައްކާތެރިކުރުމަށްޓަކައި ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ދަށުން، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ އިރުޝާދާއެކު، އެމްޓީސީސީން މިވަނީ ތިމާވެއްޓާ ރައްޓެހި، އީވީ (އިލެކްޓްރިކް ވެހިކަލް) ގެ ޒަމާނީ ޓެކްސީ ފްލީޓެއް ރާއްޖެއަށް ތައާރަފް ކުރުމަށް ތައްޔާރުވެފައި،" އެމްޓީސީސީގެ ބަޔާނުގައިވެއެވެ.
މި ހިދުމަތަށް ބޭނުންވާ ކާރުތަކުގެ ފުރަތަމަ ޝިޕްމަންޓް މިއަދު ވަނީ ރާއްޖެ ގެނެސްފައެވެ. އެމްޓީސީސީން ހާމަކުރި ގޮތުގައި މިއަދު ގެނެސްފައިވަނީ 'ޗަންގަން އޮޓޯމޮބައިލް' ބްރޭންޑްގެ 60 ކާރެވެ. އަދި މި ބްރޭންޑްގެ އިތުރު 90 ކާރު އަންނަ އާދިއްތަ ދުވަހު ރާއްޖެ ގެނައުމުން، ޖުމްލަ 150 ކާރާއެކު ހިދުމަތް ފެށިގެންދާނެއެވެ.
މި އައު ޓެކްސީ ލައިންގެ ހިދުމަތް 24 ގަޑިއިރު ލިބޭނެއެވެ. ކާރު ހޯދުމަށް އެދެންޖެހޭނީ ހާއްސަ މޯބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށެވެ. މީގެ އިތުރުން، ހިދުމަތަށް އެދުމަށްޓަކައި "1655" ނަމްބަރުގެ ހޮޓްލައިނެއް ވެސް ވަނީ ތައާރަފްކޮށްފައެވެ.
މި ހިދުމަތަށް ބޭނުންވާ ޑްރައިވަރުން ހޯދުމުގެ މަސައްކަތް އެމްޓީސީސީން މިހާރު ދަނީ ކުރަމުންނެވެ. އެގޮތުން ޖުމްލަ 407 ޑްރައިވަރުން ހޯދުމަށް އަމާޒު ހިފާފައިވާއިރު، މީގެ ތެރޭގައި 122 ޕާޓް-ޓައިމް ޑްރައިވަރުން ހިމެނެއެވެ. ހިދުމަތް ދޭ ދިވެހި ޑްރައިވަރުން ތިބޭނީ ހާއްސަ ޔުނިފޯމެއްގައެވެ. އަދި ޕާޓް-ޓައިމް ޑްރައިވަރުން ބޭނުންކުރާނީ ހާއްސަ ވެސްޓެކެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވާ ރަސްމީ އަގުތަކުގައި ދޭ މި ހިދުމަތުގެ ސަބަބުން، މާލޭގެ މަގުތަކުގައި ޓެކްސީ ހޯދުމަށް ރައްޔިތުން އުފުލަމުންދާ ތަކްލީފްތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު