ނިއުޔޯކްގެ ލަގާޑިއާ އެއާޕޯޓަށް ޖައްސަން އުޅުމުގެ ތެރޭގައި އެއާ ކެނެޑާގެ ބޯޓެއް ފަޔަރ ޓްރަކެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން، އެ ބޯޓުގެ ކޮކްޕިޓް ވޮއިސް ރެކޯޑަރާއި ފްލައިޓް ޑޭޓާ ރެކޯޑަރު (ބްލެކް ބޮކްސް) ފެނިފައިވާ ކަމަށް އެމެރިކާގެ ނޭޝަނަލް ޓްރާންސްޕޯޓޭޝަން ސޭފްޓީ ބޯޑުން ހާމަކޮށްފިއެވެ.
އާދީއްތަ ދުވަހުގެ ރޭ ހިނގި މި ހާދިސާގައި އެއާ ކެނެޑާ އެކްސްޕްރެސްގެ ސީ.އާރު.ޖޭ-900 މަރުކާގެ ބޯޓު ޖެހިފައިވަނީ ޕޯޓް އޮތޯރިޓީގެ ފަޔަރ ޓްރަކެއްގައެވެ. މި ހާދިސާގައި ބޯޓު ދުއްވަން ތިބި ދެ ޕައިލެޓުން ކަމަށްވާ ކިއުބެކްގެ އެންޓޮއިން ފޮރެސްޓާއި މެކެންޒީ ގަންތާ ވަނީ މަރުވެފައެވެ. ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަނުން މި ދެ ޒުވާން ޕައިލެޓުން ސިފަކޮށްފައިވަނީ އެމީހުންގެ ވަޒީފާގެ ކުރީކޮޅުގައި ތިބި ހުނަރުވެރި ދެ ޒުވާނުންގެ ގޮތުގައެވެ.
މޮންޓްރިއަލްއިން ފުރައިގެން ނިއުޔޯކަށް ދަތުރުކުރި މި ފްލައިޓަކީ ޖޭޒް އޭވިއޭޝަނުން އޮޕަރޭޓްކުރާ ފްލައިޓެކެވެ. އެކްސިޑެންޓްވި އިރު ބޯޓުގައި 72 ފަސިންޖަރުންނާއި 4 ކްރޫއިން ތިއްބެވެ. މި ހާދިސާގައި 40 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާދީފައިވާއިރު، އޭގެ ތެރޭގައި ހިމެނޭ ފްލައިޓް އެޓެންޑެންޓެއްގެ ފައިގެ ކަށިގަނޑު ބިންދައިގެން ގޮސްގެން ސާޖަރީއެއް ކުރަން ޖެހިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. ފަޔަރ ޓްރަކުގައި ތިބި ދެ މީހުންނަށް ވެސް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ވަރަށް އަވަހަށް ދޫކޮށްލާނެ ކަމަށް ބެލެވެއެވެ.
އެއާ ޓްރެފިކް ކޮންޓްރޯލްގެ އޯޑިއޯ ރެކޯޑިންތަކުން އެނގޭ ގޮތުގައި، ބޯޓު ޖެއްސި ވަގުތު ރަންވޭ ހުރަސް ކުރުމުގެ ހުއްދަ ފަޔަރ ޓްރަކަށް އޮތީ ދީފައެވެ. އެކްސިޑެންޓަށްފަހު ކޮންޓްރޯލަރަކު "އަހަންނަށް ގޯހެއް ހެދިއްޖެ"އޭ ބުނާ އަޑު ރެކޯޑިންތަކުން އިވެއެވެ.
މި ހާދިސާއާ ގުޅިގެން ލަގާޑިއާ އެއާޕޯޓުގެ އޮޕަރޭޝަންތައް އަލުން ފަށާފައިވީ ނަމަވެސް، އެކްސިޑެންޓް ހިނގި މައި ރަންވޭ ހެކި ހޯދުމުގެ މަސައްކަތަށް ކުރިއަށް އޮތް ދުވަސްތަކުގައި ބަންދުކޮށްފައި އޮންނާނެ ކަމަށް އޮފިޝަލުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު