ދުނިޔޭގެ އިޤްތިސާދީ މަސްރަހަށް އަންނަ ކޮންމެ ލޮޅުމަކީ ދިވެހިރާއްޖެ ފަދަ އިމްޕޯޓަށް ބަރޯސާވެފައިވާ ކުޑަ ޤައުމަކަށް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާނެ ކަމެކެވެ. މިގޮތުން ސްޓްރެއިޓް އޮފް ހޮރްމޫޒް އެއްކޮށް ބަންދުވެދާނެ ކަމުގެ ބިރުވެރިކަން މުޅި ދުނިޔޭގައި އުފެދިފައިވާއިރު، އޭގެ ހިތި އަސަރު ދިވެހި އާއިލާތަކުގެ ބަދިގެތަކާ ހަމައަށް މިވަނީ ފޯރަން ފަށާފައެވެ. ނަމަވެސް ހައިރާންވާންޖެހޭ ކަމަކީ، ރާއްޖޭގެ ރައްޔިތުން މި ތަހައްމަލު ކުރަމުންދާ ތަކުލީފުތައް ރައީސް މުޢިއްޒާއި އިގްތިސާދީ ވަޒީރު ސަޢީދަށް އިހުސާސް ނުކުރެއްވޭ ކަމެވެ.
ދިވެހިރާއްޖޭގެ ހަކަތައިގެ ނިޒާމާއި، ކަރަންޓު އުފެއްދުމާއި، އެއް ރަށުން އަނެއް ރަށަށް މުދަލާއި މީހުން އުފުލުމުގެ މައިބަދައަކީ އިމްޕޯޓް ކުރާ ތެލެވެ. ހޮރްމުޒް ކަނޑުއޮޅި ބަންދުވުމުގެ ބިރާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި، ރާއްޖޭގެ ދަތުރުފަތުރަށާއި ކަރަންޓުގެ ހިދުމަތަށް މިވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. ކަންމިހެން ހުރިއިރު، ކާބޯތަކެއްޗާއި ޒަރޫރީ މުދަލުގެ އަގު ބޮޑުނުވާ ކަމަށް ވަޒީރު ސަޢީދު ހަރުއަޑުން ވިދާޅުވަމުން ގެންދެވުމަކީ ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމެވެ. ހަގީގަތަކީ، ގްލޯބަލް ޝިޕިން ހަރަދު ބޮޑުވުމާ ގުޅިގެން ފިހާރަތަކުގެ ހަރުތަކުގައި ހުރި ތަކެތީގެ އަގު އިންތިހާއަށް އުފުލިފައިވާ ކަމެވެ. ވަކިން ހާއްސަކޮށް، މާލެއާއި ދުރުގައިވާ އަތޮޅުތެރޭގެ ރަށްރަށަށް މުދާ ފޯރާއިރު، އާންމު ރައްޔިތުންގެ އަތްފޯރާ ފަށަށްވުރެ ތަކެތީގެ އަގު ހުންނަނީ އުފުލިފައެވެ.
ރާއްޖޭގެ އިޤްތިސާދީ މައިނާރު ކަމުގައިވާ ފަތުރުވެރިކަމަށް ވެސް މިކަމުގެ ސަބަބުން ވަނީ ބޮޑު ހުއްޓުމެއް އައިސްފައެވެ. އޭވިއޭޝަން ފިއުލްގެ އަގު ބޮޑުވުމުން ވައިގެ ދަތުރުފަތުރުގެ ޓިކެޓް އަގުބޮޑުވެ، ރާއްޖެއަށް އަންނަން ތިބި ފަތުރުވެރިންގެ އަދަދު މަދުވާން ވަނީ ފަށާފައެވެ. މީގެ ސީދާ އަސަރު ރިސޯޓްތަކާއި ގެސްޓްހައުސްތަކުގައި މަސައްކަތްކުރާ އެތައް ހާސް ދިވެހި މުވައްޒަފުންނަށް ކުރަމުންދާއިރު، ސަރުކާރަށް މި މަންޒަރު ފެންނަ ކަމަކަށް ނުވެއެވެ. ރަށްރަށުގެ ދެމެދުގައި ދަތުރުކުރާ ފެރީތަކާއި މުދާ އުފުލާ ދޯނިފަހަރަށް ތެޔޮ ނުލިބުމާއި އަގު ބޮޑުވުމުގެ ސަބަބުން، ކުދި ރަށްރަށަށް މުދާ ސަޕްލައި ކުރުމުގައި މިހާރުވެސް ވަނީ ބޮޑެތި ލަސްތަކެއް ކުރިމަތިވެފައެވެ.
މިފަދަ ނާޒުކު ދަނޑިވަޅެއްގައި ސަރުކާރުގެ ތައްޔާރީތަކާމެދު މަސްރަޙް ދިރާސާކުރާ ފަރާތްތަކުން ދަނީ ސުވާލު އުފައްދަމުންނެވެ. ރައީސް މުޢިއްޒުގެ ސަރުކާރަށް ދުނިޔޭގެ ބާޒާރަށް އަންނަ ބަދަލުތައް ލަފާކުރަން ނޭނގުމާއި، ގައުމީ ހަރަދުތައް ކުޑަކުރުމުގެ ބަދަލުގައި ސިޔާސީ ބޭނުންތަކަށް ކުރާ ހަރަދުތައް އިތުރުވުމަކީ އިޤްތިސާދީ ގޮތުން ގައުމު ފުން އަނދަވަޅަކަށް ވެއްޓިދާނެ ކަމެކެވެ. މިހާރުވެސް ރައްޔިތުން ތިބީ އިންތިޚާބަށްފަހު ވާނެ ގޮތެއް ނޭންގި ބިރުވެރިކަމެއްގެ ތެރޭގައެވެ.
އާންމުންގެ މެދުގައި ދެކެވޭ ވާހަކައަކީ، މިހާރު ބައެއް މުދަލުގެ އަގުތައް ވަގުތީ ގޮތުން ހިފަހައްޓާފައިވަނީ ހަމައެކަނި އިންތިޚާބަށްޓަކައި ކަމެވެ. އިންތިޚާބުގެ ނަތީޖާއަށްފަހު، ސަރުކާރު ބަލިވެއްޖެނަމަ ބަދަލުހިފުމުގެ ރޫހެއްގައި ނުވަތަ ކާމިޔާބުވެއްޖެނަމަ ސިޔާސީ ފިއްތުންތަކެއް ނެތް ކަމަށް ބަލައި، ތެލާއި ތަކެތީގެ އަގު އިންތިހާއަށް އުފުލާލާނެ ކަމުގެ ބިރު އެބައޮތެވެ. ކޮންމެއަކަސް، ރާއްޖޭގެ އިޤްތިސާދީ ހަގީގަތް އޮތީ ސަރުކާރުން ދައްކާ ފޮނި މަންޒަރާ މުޅިން ތަފާތުކޮށެވެ. ތަކެތީގެ އަގުބޮޑުވުމުގެ ތަކުލީފު ރައީސް މުޢިއްޒާއި ވަޒީރު ސަޢީދަށް އިހުސާސް ނުކުރެވުނަސް، އާންމު ރައްޔިތު މީހާ އުޅެނީ ދެކޮޅު ނުޖެހިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު