ނެޝަނަލް ހައުސިން އެފޯޑަބިލިޓީ އެންޑް އެކްސެސިބިލިޓީ މަޝްރޫއުގެ ދަށުން ވިލިމާލޭގައި ތަރައްގީކުރާ 300 ހައުސިން ޔުނިޓުގެ ބިންގާ މިރޭ އަޅައިފިއެވެ.
ވިލިމާލޭގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް ހައުސިން އިންފްރާސްޓްރަކްޗާ ޑރ. އަބްދުﷲ މުއްތަލިބާއި، ދައުލަތުގެ ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އިސްވެރިންނާއި، އާރުސީސީގެ ޗެއާމަން ކާނަލް (ރިޓަޔާޑް) މުހައްމަދު ނާޒިމް ބައިވެރިވެވަޑައިގެންނެވިއެވެ.
ބީއެމްއެލް އިން މައުލޫމާތުދޭގޮތުގައި ހައުސިން މިނިސްޓްރީން ކުލީގެ އެއްވެސް އަގަކާ ނުލައި ދޫކޮށްފައިވާ ބިމެއްގައި ކުރިއަށްގެންދާ މި މަޝްރޫއުގެ މަސައްކަތްތައް 2028 ވަނަ އަހަރުގެ މެދުތެރޭގައި ނިންމާލެވޭނެއެވެ. މި މަޝްރޫއުގެ ކޮންސްޓްރަކްޝަން މަސައްކަތްތައް ހަވާލުކޮށްފައިވަނީ ރާއްޖޭގެ ތަޖުރިބާކާރު ކުންފުންޏެއް ކަމަށްވާ އާރުސީސީއާއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފު ވިދާޅުވީ، މިއީ ރާއްޖޭގައި 'ލީޒް-ޓު-އޯން' ނުވަތަ ކުލި ދައްކަމުން ގޮސް މިލްކުވާ އުސޫލުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ފުޅާ ދާއިރާއެއްގައި ފަށާ ފުރަތަމަ މަޝްރޫއު ކަމަށެވެ. މީގެ ސަބަބުން، ގެދޮރު ގަތުމަށްޓަކައި ކުރިން ދައްކަންޖެހޭ ބޮޑު 'އިކުއިޓީ' ނުވަތަ އެޑްވާންސް ފައިސާ ދެއްކުމުގެ ދަތިކަން ހައްލުވެ، އަތްފޯރާފަށުގެ މަހު ކުއްޔެއް ދައްކައިގެން އަމިއްލަ ބޯހިޔާވަހިކަމެއް މިލްކުކުރުމުގެ ފުރުސަތު އާއިލާތަކަށް ފަހިވެގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ޝަރީފު އިތުރަށް ވިދާޅުވީ، މިއީ ކުޑަ އާމްދަނީ ލިބޭ ފަރާތްތަކުގެ ހާލަތަށް ބަލައި ފަރުމާކޮށްފައިވާ، ބޯހިޔާވަހިކަމުގެ ދަތިކަމަށް ލިބޭނެ ދާއިމީ ހައްލެއް ކަމަށެވެ. މީގެ އިތުރުން، ބޭންކުން ގެދޮރުވެރިކަމަށް ދޫކުރާ ލޯނުތަކުގެ އަމިއްލަ ހިއްސާ %20 އިން %5 އަށް ދަށްކޮށްފައިވާ ކަމަށާއި، މިދިޔަ އަހަރު އެކަނިވެސް 2.1 ބިލިއަނަށްވުރެ ގިނަ ރުފިޔާ ގެދޮރުވެރިކަމުގެ ދާއިރާއަށް ދޫކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ހައުސިން މިނިސްޓްރީއާ ގުޅިގެން 'ހިޔާވެހި ފައިނޭންސިން' ގެ ދަށުން އެންމެ ކުޑަ އިންޓްރެސްޓް ރޭޓުގައި ލޯނު ދޫކުރަން ފަށާފައިވާ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
މި މަޝްރޫއު ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް ސަރުކާރުން ފޯރުކޮށްދޭ އެހީތެރިކަމަށް ޝަރީފު ޝުކުރު އަދާކުރެއްވިއެވެ. ވަކިން ހާއްސަކޮށް، ބިން ހިލޭ ލިބުމުގެ ސަބަބުން މަޝްރޫއުގެ ޖުމްލަ ހަރަދު ކުޑަވެ، ރައްޔިތުންނަށް ހަގީގީ މާނައިގައި އަގުހެޔޮ ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުމުގެ މަގު ފަހިވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު