އަބްދުﷲ ޖާބިރު އަދި ރައީސް ޑރ.މުހައްމަދު މުއީޒު
އަބްދުﷲ ޖާބިރު އަދި ރައީސް ޑރ.މުހައްމަދު މުއީޒު
އައްޑޫ ސިޓީގެ ތަރައްޤީ ކަށަވަރުކުރެވެން އޮތީ އަންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރުގެ ކެންޑިޑޭޓުންނަށް ވޯޓު ދީގެން ކަމަށް ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ ޢަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެެ.

ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ ޢަބްދުﷲ ޖާބިރު "ރަސް" އަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، އައްޑޫ ސިޓީގެ ތަރައްޤީ ކަށަވަރުކުރެވެން އޮތީ ސަރުކާރުގެ ކެންޑިޑޭޓުންނަށް ވޯޓު ދީގެން ކަމަށެވެ. މީގެ އިތުރުން، އައްޑޫ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ މުޝްރިފް ޢަލީއަކީ އެ މަޤާމަށް އެންމެ އެކަށީގެންވާ އަދި މަޤުބޫލު ކެންޑިޑޭޓުކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

ޖާބިރު އިތުރަށް ވިދާޅުވި ގޮތުގައި، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރު ހިންގާ ޕާޓީގެ ކެންޑިޑޭޓުންނަށް ވޯޓު ދޭންޖެހޭ މައިގަނޑު ސަބަބަކީ، ސަރުކާރާއި ކައުންސިލަކީ ވަކި ދެ ފިކުރެއްގެ ގޮތުގައި އޮވެގެން އެދެވޭ ތަރައްޤީއެއް ނުގެނެވޭނެތީއެވެ. ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާއެކު ތަރައްޤީގެ މަޝްރޫޢުތައް ހަލުވިކަމާއެކު ކުރިއަށް ގެންދެވޭނީ ސަރުކާރުގެ ސިޔާސަތުތައް ގަބޫލުކުރާ ކެންޑިޑޭޓުންނަށް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ސަރުކާރަށް ދަތިކުރުމުގެ މަޤުޞަދުގައި އިދިކޮޅު ކެންޑިޑޭޓުން ހޮވުމަކީ ރަށުގެ ތަރައްޤީއަށް އެޅޭ ބޮޑު ހުރަހެއް ކަމަށްވެސް ޖާބިރު ސިފަކުރެއްވިއެވެ.

އައްޑޫ ސިޓީއަށް ނިސްބަތްވާ ބޭފުޅެއްގެ ހައިސިއްޔަތުން ޖާބިރު ވިދާޅުވީ، އޭނާ އެދެނީ އައްޑޫގެ ތަރައްޤީ ބާރު ދުވެލީގައި ކުރިއަށް ދިއުމަށެވެ. ނިމިދިޔަ ދައުރުގައި ކައުންސިލުގެ މެޖޯރިޓީ އެމް.ޑީ.ޕީ އަށް އޮވެމެ، އައްޑޫއަށް އެދެވޭ ބަދަލެއް ނުގެނެވުމަކީ ރައްޔިތުން އިބުރަތް ހާސިލުކުރަންޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން، އައްޑޫ ސިޓީގެ އެންމެހައި ރައްޔިތުން ސަރުކާރުގެ ކެންޑިޑޭޓުންނަށް ("ދޫންޏަށް") ވޯޓު ދެއްވުމަށް ޖާބިރު ވަނީ އިލްތިމާސް ކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު