ގިރާވަރުފަޅު ހިއްކުމުގެ މަޝްރޫއު ކުރިއަށް އޮތް ތިން ހަފުތާގެ ތެރޭގައި އެއްކޮށް ނިންމާލައި، ވީހާވެސް އަވަހަކަށް ގޯތިތައް ހަވާލުކުރަން ފަށާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.
ގިރާވަރުފަޅުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން މިނިސްޓަރު މުއްތަލިބު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ތިން ހަފުތާ ތެރޭގައި ބިން ހިއްކުމުގެ މަސައްކަތް ނިންމުމަށްފަހު، ސާވޭގެ ކަންކަން ފުރިހަމަކޮށް ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް ފެށުން ކަމަށެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތެއް ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
ގިރާވަރުފަޅުން ޖުމްލަ 167.15 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާ ހަވާލުކޮށްގެން މިދިޔަ ޖެނުއަރީ މަހު ހިއްކަން ފެށީ ކުރީ ސަރުކާރުން ގޯތި ދޫކުރިއިރު ނުހިއްކާ އޮތް 97.15 ހެކްޓަރެވެ. މީގެ ތެރެއިން 35 ހެކްޓަރުގެ ބިން އެމްއޭސީއެލް އިން މިހާރު ވަނީ ހިއްކައި ނިންމައިފަ އެވެ. މީގެ ކުރިން މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) ގެ ދަށުން ފުރަތަމަ ފިޔަވަހީގައި 70 ހެކްޓަރު ވަނީ ހިއްކާފަ އެވެ. އެހެންކަމުން މިހާތަނަށް ޖުމްލަ 105 ހެކްޓަރުގެ ބިން ވަނީ ހިއްކައި ނިމިފަ އެވެ.
މިނިސްޓަރު މުއްތަލިބު ވިދާޅުވީ، މިހާރު އޮތް ލޭންޑްޔޫސް ޕްލޭނަކީ އެންމެ ބޭނުންވާ ގޮތަށް އޮތް ޕްލޭނަކަށް ނުވި ނަމަވެސް، ކުރީ ސަރުކާރުން ގޯތި ލިބޭނެ ކަމުގެ އެގްރިމަންޓް ހަދާފައިވާ އެންމެންނަށް ވެސް ގޯތި ދޫކުރާނެ ކަމަށެވެ. އަދި ބިން ހިއްކައި ނިމުމުގެ ކުރިން ރަޖިސްޓްރީގެ މަސައްކަތް ފައްޓަވާނެ ކަމަށާއި، ރަޖިސްޓްރީ ދޫކުރެވޭ މިންވަރަކުން ސާވޭކޮށް ކަޑަޖަހައި ބިން ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އުއްމީދަކީ ވީހާ ވެސް އަވަހަކަށް، ތިން ހަފުތާ ތެރޭ ބިން ހިއްކާ ނިމުމުން ސާވޭކޮށް، ވީހާ ވެސް އަވަހަކަށް ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް ފެށުން. އެއީ ސަރުކާރުގެ ވިސްނުމަކީ،" މިނިސްޓަރު ވިދާޅުވި އެވެ.
މީގެ އިތުރުން ފެނާއި، ނަރުދަމާ އަދި ކަރަންޓުގެ މަސައްކަތްތައް ވެސް ވީހާވެސް އަވަހަކަށް ފެށުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު