ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަކީ އޭގެ ސަބަބުން ގާނޫނުއަސާސީގެ މައިގަނޑު އޮނިގަނޑަށް އެއްވެސް ބަދަލެއް އަންނާނެ ކަމެއް ނޫން ކަމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލްއުސްތާޛު ޙުސްނުއްސުޢޫދު ވިދާޅުވެއްޖެއެެވެ.
މައި ދެ އިންތިޚާބު އެއްކޮށް ބޭއްވުމާ ގުޅޭ ގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓު އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ތައްޔާރުވަމުންދާއިރު، އެކަމާ ގުޅޭގޮތުން ބޭއްވި ފޯރަމެއްގައި ވާހަކަދައްކަވަމުން ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ޙުސްނުއްސުޢޫދު ވިދާޅުވީ ދެ އިންތިޚާބު އެއްދުވަހަކު ބޭއްވުމަކީ ބޭކާރު ކަމެއް ކަމަށާއި އެކަމުން ހާސިލްވާނެ ނަތީޖާއެއް ނެތް ކަމަށެވެ.
"މި ދެއިންތިޚާބު އެއްދުވަހެއްގައި ބާއްވަން ވިސްނި މީހާ ކޮން ކަމެއް ޖެހިގެންހެއްޔޭ މި ޚިޔާލު އައީ؟ ކޮން މައްސަލައެއް ހައްލުކުރަންހެއްޔޭ މިކަން މިކުރަނީ؟ މިއެއް އޮޅުން ފިލުވާ ނުދޭތީ އަޅުގަނޑުގެ މައްސަލައަކީ،ދެ އިންތިޚާބު އެއްދުވަހެއްގަައި ބޭއްވިޔަސް ހަމަ އެއްވެސް ބަދަލެއް ނާދޭ،" ސުޢޫދު ވިދާޅުވިއެވެ.
މީގެ އިތުރުން ސުޢޫދު ފާހަގަކުރެއްވި ގޮތުގައި ދެ އިންތިޚާބު އެއްކޮށް ބޭއްވުމަކީ "ކޮސްމެޓިކް" ކަމެކެވެ. އޭނާ ވިދާޅުވީ ގާނޫނުއަސާސީގައި އެއަށްވުރެ މާ ބޮޑެތި މައްސަލަތައް އެބަހުރި ކަމަށާއި، 2008 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި އޮތް އެންމެ ބޮޑު މައްސަލައަކީ ރައީސުލްޖުމްހޫރިއްޔާއަށް މަޖިލިސް "ހިސޯރުކޮށްގެން" ނޫނީ ވެރިކަން ނުކުރެއްވޭ މައްސަލަ ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލިސް ހިސޯރުކޮށްގެން، މެންބަރުން ބައިތިއްބައިގެން، ކޮންމެ މެންބަރަކަށް ދައުލަތުގެ ތެރެއިން އޭނާގެ އާއިލާގެ ދިހަ މީހުންނަށް ވަޒީފާ ދީގެން ނޫން ގޮތަކަށް މިކަން ކުރެވޭނެ ގޮތެއް ނެތް،" ސިޔާސީ ނިޒާމަށް އަމާޒުކުރައްވައި ސުޢޫދު ވިދާޅުވިއެވެ.
ސުޢޫދު އިތުރަށް ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް ހަރުދަނާކުރެވޭނެ ގޮތަކާ މެދު ގައުމީ ފެންވަރެއްގައި ބަހުސްކުރަން ޖެހޭ ކަމަށެވެ. އަދި ގާނޫނުއަސާސީއަށް ގެންނަ ބަދަލުތަކަކީ ހެނދުނު ހޭލައިގެން ހިތަށްއެރި ގޮތަކަށް، ކުއްލި ކުއްލިއަށް ފާސްކޮށްގެން ކުރާ ކަމަކަށް ވެގެންނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"މިއީ އެއްދުވަހު ހެނދުނު އެގާރަ ޖަހާއިރު ފާސްކޮށްފައި ފަހެއްޖަހާއިރު ތަސްދީގު ކުރީމަ މިކަމެއް ނުނިމޭނެ. ގާނޫނުއަސާސީއަށް ގެންނަ ބަދަލުތަކަކީ ރައްޔިތުންގެ ޝުއޫރުތަކާ އެކު ތިރިން މައްޗަށް އަންނަ ކަމެއްގެ ގޮތުގައި އޮންނަންޖެހޭނީ،" ސުޢޫދު ވިދާޅުވިއެވެ.
މީގެ އިތުރުން، ދެ އިންތިޚާބު އެއްކޮށް ބޭއްވުމުން ސަރުކާރު އިންތިހާއަށް ބާރުގަދަވެ، ގާނޫނުއަސާސީގެ ބާރު ކެނޑިގެންދާނެ ކަމުގެ ބިރު އެބައޮތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި އޭގެ ސަބަބުން ރައްޔިތުންގެ ތަރައްގީއަށް ޑިމާންޑުކުރުމަށް އޮންނަ ފުރުސަތުތައް ހަނިވެ، ރައްޔިތުންނަށް ގެއްލުންވާނެ ކަމަށް ސުޢޫދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު