ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުން ގައުމުގެ ޑިމޮކްރަސީގެ ހުރިހާ އަސާސްތަކެއް ފުނޑުފުނޑުކޮށްލާފައިވާ ކަމަށް ވިދާޅުވެ، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވަރުގަދަ ފާޑުކިއުންތަކެއް ސަރުކާރަށް އަމާޒުކުރައްވައިފިއެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި ރިފަރަންޑަމާ ގުޅޭގޮތުން އެކްސް ގައި ހިއްސާކުރެއްވި ސިލްސިލާ ޕޯސްޓުތަކެއްގައި ޖަމީލް ވިދާޅުވީ، ރައީސް މުޢިއްޒުގެ ވެރިކަމުގައި ގައުމުގެ ޑިމޮކްރަސީގެ ބިންގާތައް މުގުރާލާފައިވާ ކަމަށެވެ. އަދި މިހާރު ފެންނަމުންދާ ހަގީގަތަކީ ސަރުކާރު ހިންގާ ޕީއެންސީން ރައްޔިތުންގެ ކުންފުނިތަކާއި ދައުލަތުގެ ފައިސާ ނާޖާއިޒު ގޮތުގައި ބޭނުންކުރަމުންދާ މިންވަރު ކަމަށް ޖަމީލް ތުހުމަތު ކުރެއްވިއެވެ.
"ހައްދެއް ނެތް މިންވަރަށް ދައުލަތުގެ ޚަޒާނާ ލޫޓްވަމުންދަނީ. ރިޝްވަތުގެ ފައިސާ ހުށަހަޅައި، އެއްވެސް ލަދެއްނެތި ގައުމުގެ އިޖްތިމާއީ ފޭރާން ވިރާނާ ކުރަމުން އެދަނީ،" ޖަމީލް ވިދާޅުވިއެވެ.
ޖަމީލް އިތުރަށް ވިދާޅުވީ، ރައީސް މުޢިއްޒުގެ "ޚުދުމުޚުތާރުވުން" ހިފެހެއްޓޭނީ ކުރިއަށް އޮތް އިންތިޚާބުތަކުގައި ޕީއެންސީއަށާއި ރިފަރަންޑަމަށް "ނޫނެކޭ" ބުނެގެން ކަމަށެވެ. އަދި މުޅި ގައުމު ސުންނާފަތިކޮށްގެން ވިޔަސް ވެރިކަމުގައި ދެމިހުރުމަކީ ދުސްތޫރީ ހަމައެއް ނޫން ކަމަށާއި، މިކަމުގައި ގާނޫނީ މައްސަލައެއް ނުފެންނަ ކަމަށް ބުނާ ވަކީލުން ފަރުދާކޮށްގެން އުޅެނީ ގާނޫނީ މަބްދައުތަކާއި ޣައިރު ދުސްތޫރީ މަސައްކަތްތަކެއް ކަމަށް ޖަމީލް ސިފަކުރެއްވިއެވެ.
މީގެ އިތުރުން، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ފަދަ މިނިވަން މުއައްސަސާތައް ސަރުކާރުގެ ނުފޫޒުން "ވާކޮށްފައި" ވާ މިންވަރާމެދު ވެސް ޖަމީލް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ދައުލަތުގެ ކުންފުނިތަކުގެ ޚަރަދުތަކާ ގުޅޭގޮތުން ސުވާލު އުފައްދަވަމުން ޖަމީލް ވަނީ ފެނަކަ ކޯޕަރޭޝަނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. "ފެނަކަ މިއީ ސައޫދީގެ އަރަމްކޯތޯ؟" ސުވާލު ކުރައްވަމުން ޖަމީލް ވިދާޅުވީ އެ ކުންފުނީގެ ޕޭރޯލް އިންތިހާއަށް ބޮޑުވަމުންދާ ކަމަށެވެ. އެގޮތުން މިއަހަރުގެ ފެބްރުއަރީ މަހު 82 މިލިއަން، މާޗް މަހު 94 މިލިއަން އަދި އޭޕްރީލް މަހު އެ އަދަދު 100 މިލިއަނަށްވުރެ މަތިވާނެ ކަމަށް ޖަމީލް ލަފާކުރެއްވިއެވެ.
"މިއީ ގައުމު ތަރައްގީ ކުރަން ފައިސާ ނެތިގެން އުޅޭ ސަބަބަކީ. މިއީ ސީދާ ލޫޓްވުން. މިއީ ގައުމުގެ އިޖްތިމާއީ އަދި އިގްތިސާދީ އޮނިގަނޑު ސުންނާފަތިކޮށްލުން،" ޖަމީލް ވިދާޅުވިއެވެ.
ޖަމީލްގެ ވާހަކަފުޅު ނިންމާލައްވަމުން ވިދާޅުވީ، ރައީސް މުޢިއްޒުގެ "ޑިކްޓޭޓަރޝިޕް" ނުވަތަ އަމިއްލަ އެދުން އިސްކުރާ ވެރިކަމަށް ރައްޔިތުން ނޫނެކޭ ބުނަންޖެހޭ ކަމަށެވެ. އެހެންކަމުން ވޯޓުލާއިރު މިކަންކަމަށް ފުންކޮށް ވިސްނުމަށް ޖަމީލް ވަނީ އިލްތިމާސްކޮށްފައެވެ.

ގައުމުގެ ޑިމޮކްރަސީގެ ހުރިހާ އަސާސްތަކެއް މުއިއްޒު ފުނޑުފުނޑު ކޮށްފި؛
— Mohamed Jameel Ahmed (@MJameelAhmed) April 1, 2026
މިއިންތިޚާބުން ފެންނަން އޮތް ޙަގީގަތަކީ ރައްޔިތުންގެ ކުންފުނިތަކާ ފައިސާ ޕީއެންސީން ނާޖާއިޒު ގޮތުގައި ބޭނުން ހިފަމުންދާ މިންވަރު،
ޙައްދެއް ނެތް މިންވަރަށް ލޫޓްވަމުންދާ ޚަޒާނާ،
ރިޝްވަތުގެ ފައިސާ މީހުންނަށް… pic.twitter.com/MhhnGgcqYd
"ހައްދެއް ނެތް މިންވަރަށް ދައުލަތުގެ ޚަޒާނާ ލޫޓްވަމުންދަނީ. ރިޝްވަތުގެ ފައިސާ ހުށަހަޅައި، އެއްވެސް ލަދެއްނެތި ގައުމުގެ އިޖްތިމާއީ ފޭރާން ވިރާނާ ކުރަމުން އެދަނީ،" ޖަމީލް ވިދާޅުވިއެވެ.
ޖަމީލް އިތުރަށް ވިދާޅުވީ، ރައީސް މުޢިއްޒުގެ "ޚުދުމުޚުތާރުވުން" ހިފެހެއްޓޭނީ ކުރިއަށް އޮތް އިންތިޚާބުތަކުގައި ޕީއެންސީއަށާއި ރިފަރަންޑަމަށް "ނޫނެކޭ" ބުނެގެން ކަމަށެވެ. އަދި މުޅި ގައުމު ސުންނާފަތިކޮށްގެން ވިޔަސް ވެރިކަމުގައި ދެމިހުރުމަކީ ދުސްތޫރީ ހަމައެއް ނޫން ކަމަށާއި، މިކަމުގައި ގާނޫނީ މައްސަލައެއް ނުފެންނަ ކަމަށް ބުނާ ވަކީލުން ފަރުދާކޮށްގެން އުޅެނީ ގާނޫނީ މަބްދައުތަކާއި ޣައިރު ދުސްތޫރީ މަސައްކަތްތަކެއް ކަމަށް ޖަމީލް ސިފަކުރެއްވިއެވެ.
މީގެ އިތުރުން، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ފަދަ މިނިވަން މުއައްސަސާތައް ސަރުކާރުގެ ނުފޫޒުން "ވާކޮށްފައި" ވާ މިންވަރާމެދު ވެސް ޖަމީލް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ދައުލަތުގެ ކުންފުނިތަކުގެ ޚަރަދުތަކާ ގުޅޭގޮތުން ސުވާލު އުފައްދަވަމުން ޖަމީލް ވަނީ ފެނަކަ ކޯޕަރޭޝަނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. "ފެނަކަ މިއީ ސައޫދީގެ އަރަމްކޯތޯ؟" ސުވާލު ކުރައްވަމުން ޖަމީލް ވިދާޅުވީ އެ ކުންފުނީގެ ޕޭރޯލް އިންތިހާއަށް ބޮޑުވަމުންދާ ކަމަށެވެ. އެގޮތުން މިއަހަރުގެ ފެބްރުއަރީ މަހު 82 މިލިއަން، މާޗް މަހު 94 މިލިއަން އަދި އޭޕްރީލް މަހު އެ އަދަދު 100 މިލިއަނަށްވުރެ މަތިވާނެ ކަމަށް ޖަމީލް ލަފާކުރެއްވިއެވެ.
މުޅި ގައުމު ސުންފާތި ކޮށްގެން ވިޔަސް މުއިއްޒު ވެރިކަމުގައި ދެމިހުރުމަކީ ދުސްތޫރީ ހަމައެއް ނޫން. މިކަމުގައި ގާނޫނީ މަައްސަލަ ނުފެންނަ ވަކީލުން ފަރުދާކޮށްގެން އުޅެނީ ގާނޫނީ މަބްދައުތައް. ނަހަމަ ނުވަތަ ޣައިރު ދުސްތޫރީ މަސައްކަތް. އޭސީސީފަދަ މިނިވަން ތަންތަން ވާކޮށްފައިވާގޮތް.… pic.twitter.com/IlQvBmR0uS
— Mohamed Jameel Ahmed (@MJameelAhmed) April 1, 2026
"މިއީ ގައުމު ތަރައްގީ ކުރަން ފައިސާ ނެތިގެން އުޅޭ ސަބަބަކީ. މިއީ ސީދާ ލޫޓްވުން. މިއީ ގައުމުގެ އިޖްތިމާއީ އަދި އިގްތިސާދީ އޮނިގަނޑު ސުންނާފަތިކޮށްލުން،" ޖަމީލް ވިދާޅުވިއެވެ.
ޖަމީލްގެ ވާހަކަފުޅު ނިންމާލައްވަމުން ވިދާޅުވީ، ރައީސް މުޢިއްޒުގެ "ޑިކްޓޭޓަރޝިޕް" ނުވަތަ އަމިއްލަ އެދުން އިސްކުރާ ވެރިކަމަށް ރައްޔިތުން ނޫނެކޭ ބުނަންޖެހޭ ކަމަށެވެ. އެހެންކަމުން ވޯޓުލާއިރު މިކަންކަމަށް ފުންކޮށް ވިސްނުމަށް ޖަމީލް ވަނީ އިލްތިމާސްކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު