ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ބޭނުމެއް ނެތް ގޮތުގައި ސިޔާސީ ބޮޑެތި މަގާމުތައް އުފައްދައި ބަހަމުންދިއުމަކީ ގައުމަށް ވެވޭ ބޮޑުވެގެންވާ ޚިޔާނާތެއް ކަމަށް ވިދާޅުވެ، ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ޖަމީލް ވިދާޅުވީ، މި ސަރުކާރުގައި ގައުމަށް އިޚްލާސްތެރިކަމެއް ނެތް ކަމަށާއި، ގައުމުގެ ހާލަތަށް ބެލުމެއް ނެތި ރައީސް މުޢިއްޒުގެ ސިޔާސީ ފައިދާއަށްޓަކައި މަގާމުތައް ބަހަމުންދާ ކަމަށެވެ. ވަކިން ޚާއްޞަކޮށް، މާދުރުގައި ތިބި އެތައް ބަޔަކަށް ބޭނުމެއް ނެތް ބޮޑެތި މަގާމުތައް ދިނުމަކީ ރައްޔިތުންނަށް ވެވޭ ބޮޑު ޚިޔާނާތެއްގެ ގޮތުގައި އޭނާ ވަނީ ސިފަކުރައްވާފައެވެ.
ޑރ. ޖަމީލް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ސަރުކާރު ހިންގާ ޕީއެންސީއަށް މީހުން ވަންނަނީ ގައުމީ ވިސްނުމެއްގައި ނޫނެވެ. އެއީ ހަމައެކަނި ދިރިއުޅުމުގެ ކަންތައްތައް ހަމަޖައްސައި "ވެހޭތާ ފެންނެގުމުގެ" މަގްސަދުގައި ކުރާ ކަމެއް ކަމެއް ކަމަށް ޖަމީލް ވިދާޅުވިއެވެ.
އަދި ބޭނުމެއް ނެތް ބޮޑެތި މަގާމުތައް އުފައްދައި، އޭގެ ސަބަބުން ރާއްޖޭގެ އިޖްތިމާއީ އޮނިގަނޑު ފަސާދަވެފައިވާ ކަމަށްވެސް ޖަމީލް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން، ރާއްޖޭގެ އިގްތިސާދީ ހާލަތާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވަމުން ޖަމީލް ވިދާޅުވީ، އިގްތިސާދު އަޑިއަށް ދާވަރަކަށް ދައުލަތުގެ ޚަޒާނާ ލޫޓުވުން އިތުރުވަމުންދާ ކަމަށެވެ. އެހެންކަމުން، މިހާރުން މިހާރަށް ޕީއެންސީއަށާއި ރައީސް މުޢިއްޒަށް ރައްޔިތުން "ނޫނެކޭ" ބުނަން ޖެހޭ ކަމަށާއި، ކުރިއަށް އޮތް ރެފްރެންޑަމްގައިވެސް ނޫނެކޭ ބުނުމަށް ޖަމީލް ވަނީ ގޮވާލައްވާފައެވެ.
ޖަމީލް މިފަދަ މޭރުމަކުން ވާހަކަދައްކަވާފައި މިވަނީ، ކުރިއަށް އޮތް ކައުންސިލް އިންތިހާބާ ދިމާކޮށް، ސިޔާސީ މަގާމުތަކަށް ގިނަ އަދަދެއްގެ މުވައްޒަފުން ނަގަމުންދާ ދަނޑިވަޅެއްގައެވެ. މިއީ އިންތިހާބަށް ނުފޫޒު ފޯރުވުމަށް ކުރަމުން ގެންދާ ކަމެއް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު