ކުރީގެ ނާއިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު (ކ). އާއި ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު ޢަލީ ނިޒާރު (ވ)
ކުރީގެ ނާއިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު (ކ). އާއި ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު ޢަލީ ނިޒާރު (ވ)
މި ރާއްޖޭގައި އުފެދުނު ކޮންމެ ސަރުކާރަކީވެސް ޑރ. ޖަމީލަށް ވޭނަކަށް ވެފައިވާ ކަމަށާއި އެހެންކަމުން ބުއްދިވެރިގޮތަކީ ސިޔާސީ މަސައްކަތުން ޑރ ޖަމީލް އެއްކައިރިއަށް ޖެހިލުން ކަމަށް ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު ޢަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ޢަލީ ނިޒާރު މިހެން ވިދާޅުވީ އެމްޑީޕީއަށް ވެރިކަން ލިބޭ ކޮންމެ ފަހަރަކު އެމަނިކުފާނުގެ ދިރިއުޅުން ވޭނަކަށް ވާކަމަށް ޑރ.ޖަމީލު ވިދާޅުވުމާއި ގުޅިގެން އެކަމަށް ރައްދު ދެއްވަމުންނެވެ.

ރޭ ރާއްޖެޓީވީގެ "ސިޔާސީ ދުނިޔެ" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ނިޒާރު ވިދާޅުވީ ރައީސް މައުމޫނު ޢަބްދުލްޤައްޔޫމާއެކު ވެސް މަސައްކަތް ނުކުރެއްވިގެން ދުރަށްޖެހިވަޑައިގެންނެވީ ޑރ.ޖަމީލް ކަމަށެވެ. އަދި ރައީސް ނަޝީދުގެ ވެރިކަމުގައިވެސް އެކަން ހިނގީ އެމަގުން ކަމަށް ނިޒާރު ވިދާޅުވިއެވެ. ހަމައެހެންމެ ޑރ.ޖަމީލަކީ ރައީސް ޔާމިންގެ ނައިބަކަށް ވަޑައިގެންނެވުމުން ވޭނަކަށްވެ ވަޑައިގެން އެ މަޤާމުން ބޭރުކޮށްލި ބޭފުޅެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އެމްޑީޕީއަށް ވެރިކަންލިބޭ ކޮންމެފަހަރަކު ޑރ.ޖަމީލަށް ދިރިއުޅުން ވޭނަކަށްވާ ކަމަށް ވިދާޅުވި ނަމަވެސް، ދިވެހި ޤައުމީ ޕާޓީއާއެކު މަސައްކަތް ކުރެއްވިއިރު އެކަންވެސް ވޭނަކަށްވެގެން ދުރަށް ޖެހިވަޑައިގެންނެވިކަމަށާއި ޖުމްހޫރީ ޕާޓީއާއި ޕީޕީއެމްއާއެކު ނޫޅުއްވިގެން ވެސް ވޭނަކަށްވެގެން ދުރަށްޖެހިވަޑައިގެންނެވިކަން ނިޒާރު ފާހަގަކުރެއްވިއެވެ.

ހަމައެއާއެކު ރައީސް ޞާލިޙުގެ ވެރިކަން ގެންނަން ޑރ.ޖަމީލް މަސައްކަތް ކުރެއްވުމަށްފަހު މި ވެރިކަން ވެސް ވޭނަކަށްވެގެން ޚިޔާލު ބަދަލުކުރެއްވިތަން ފެނިގެންދިޔަކަމަށް ވެސް ޑރ.ޖަމީލް ވިދާޅުވިއެވެ.

މެންބަރު ނިޒާރު ވިދާޅުވީ މިއީ އެމްޑީޕީގެ މައްސަލައެއްނޫން ކަމަށާއި މައްސަލައަކީ ޑރ.ޖަމީލް ކަންކަމާމެދު ދެކެވަޑައިގަންނަވާ ގޮތްކަމަށެވެ. އަދި ޑރ.ޖަމީލަކީ ކޮންމެ ކަމެއްވެސް ގޯސްކުރައްވަން މަސައްކަތްކުރާ ބޭފުޅެއް ކަމަށް ނިޒާރު ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން