މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުތަކުގައި ވޯޓުލާންދާ ކޮންމެ މީހަކަށްމެ، އެ މީހަކު ވޯޓުލާންޖެހޭ ހުރިހާ އިންތިޚާބެއްގެ ވޯޓު ކަރުދާސް ދޭންޖެހޭނެ ކަމަށް އައްޑޫ މީދޫ ދާއިރާގެ ކުރީގެ މެންބަރު އަދި އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރޮޒައިނާ މިހެން ވިދާޅުވީ، މިއަދު ކުރިއަށްދާ އިންތިޚާބު(ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުން ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމެޓީ އަދި ދެ އިންތިޚާބު އެއްކޮށް ބޭއްވުމާއި މެދު ރައްޔިތުން ދެކޭގޮތް ބެލުމަށް ނަގާ ފެންނަ ނުފެންނަ ވޯޓް ނުވަތަ ރެފެރެންޑަމް) ތެރެއިން ކޮންމެވެސް އެއް ވޯޓެއްގައި ބައިވެރިވާން ބޭނުންނުވާ މީހުންނަށް އެ ވޯޓެއްގެ ކަރުދާސް ދޫނުކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމުމާ ގުޅިގެން، އެކަމަށް ފާޑުވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އައްޑޫ މީދޫ ދާއިރާގެ ކުރީގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ ވޯޓު ކަރުދާސް ބޭނުންތޯ ނުވަތަ ނޫންތޯ އެހުމުގެ އެއްވެސް އިޚުތިޔާރެއް އިލެކްޝަންސް ކޮމިޝަނަށް ލިބިގެންނުވާ ކަމަށެވެ. އިލެކްޝަންސްގެ އޮފިޝަލުން ވޯޓުލާން އަންނަ މީހުންގެ ގާތުގައި ކަރުދާސް ބޭނުންތޯ ސުވާލުކޮށްގެން ނުވާނެ ކަމަށާއި، ވޯޓުލާން އަންނަ ކޮންމެ މީހަކަށްމެ ހުރިހާ ވޯޓު ކަރުދާހެއް ދޭންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ވޯޓު ކަރުދާސް ދިނުމުން، ވޯޓުލާން ބޭނުންވާ މީހަކު ވޯޓުލާނެ. ވޯޓުލާން ބޭނުން ނުވާ މީހަކު، އެ ކަރުދާސް ފޮށްޓަށް ވައްޓާލާނީ. ވޯޓުލާން ބޭނުންނުވާ މީހަކު ނަމަ، ކަރުދާހުގައި ފާހަގަ ނުޖަހައި ފޮށްޓަށް ވައްޓާލުމަކީ އެމީހެއްގެ އަމިއްލަ ކަމެއް. މިއީ އިލެކްޝަންސް ކޮމިޝަނުން މިކަމުގެ ތެރެއަށް ވަންނަންޖެހޭ ކަމެއް ނޫން،" ރޮޒައިނާ ވިދާޅުވިއެވެ.
މީގެ އިތުރުން ރޮޒައިނާ ފާހަގަކުރެއްވި ގޮތުގައި، މީގެ ކުރިން ބައެއް މީހުން ކަރުދާސް ނުނަގާނެކަމަށް އަންގައި، ފޮށި ކައިރިން ކަރުދާސް ބޭނުންތޯ އަހައި، އެ މީހަކު އަމިއްލައަށް ކަރުދާސް ނެގިޔަނުދީ ހިފެހެއްޓުމަކީ، ވަކި ގޮތަކަށް ވޯޓުލުމަށް ހުރަސްއެޅުމުގެ ގޮތުން ކުރެވިދާނެ ކަމެކެވެ. އަދި މިގޮތަށް އަމަލުކުރުމަކީ އިލެކްޝަންސް ކޮމިޝަނުން ވޯޓަށް ނުފޫޒު ފޯރުވުމަށް ހުޅުވައިދެވޭ ފުރުސަތެއް ކަމަށާއި، މިއީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، މާދަމާ ބާއްވާ އިންތިޚާބުތަކުގައި ކަރުދާސް ބޭނުން ނުވާ ފަރާތްތަކަށް ކަރުދާސް ދޫނުކުރާނެއެވެ. އަދި އެގޮތަށް ކަރުދާސް ދޫކޮށްލާ ފަރާތްތަކުގެ ނަން އޮބްޒާވަރުންނަށް އެނގޭނެހެން އިއުލާނުކޮށް، އެކަން ހާދިސާ ރިޕޯޓުގައި ލިޔާނެ ކަމަށްވެސް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު