މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި، މާލެ ސިޓީގެ މޭޔަރު އާދަމް އަޒީމް ވޯޓުލައްވައިފިއެވެ.
އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އަޒީމް ވޯޓުލައްވާފައިވަނީ މާފަންނު މަދަރުސާގައި ބަހައްޓާފައި ހުރި ވޯޓު ފޮއްޓަށެވެ. މިއަދު ހެނދުނު 8:00 ގައި ވޯޓުލުން ފެށިގެން ކުރިއަށްދާއިރު، ގިނަ އަދަދެއްގެ ބަޔަކު އަންނަނީ ވޯޓުލުމުގެ ހައްގު އަދާކުރަމުންނެވެ.

އާދަމް އާޒިމް ވޯޓު ލައްވައިފި ފޮޓޯ: ރަސް އޮންލައިން
މި ފަހަރުގެ އިންތިޚާބުގައި ޖުމްލަ 255 ދާއިރާއަކުން މެންބަރުން އިންތިޚާބު ކުރާއިރު، ދާއިރާތަކާއި މަގާމުތަކުގެ އަދަދު ދެ އިންތިޚާބުގައިވެސް އެއްވަރަކަށް ހުރިކަން އިލެކްޝަންސް ކޮމިޝަނުން ފާހަގަކުރެއެވެ.
އެގޮތުން ކައުންސިލްތަކުގެ 680 މަގާމަކަށް 1,358 ކެންޑިޑޭޓުން ވާދަކުރާއިރު، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ 680 މަގާމަށް 1,597 ކެންޑިޑޭޓުން ވަނީ ކުރިމަތިލާފައެވެ. އިލެކްޝަންސް އިން ބުނާ ގޮތުގައި މި އަދަދުތަކުން ދޭހަވަނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް އޮތް ޝައުގުވެރިކަން މިފަހަރު ބޮޑުވެފައިވާ ކަމެވެ.
އިންތިޚާބުގެ އިންތިޒާމުތަކާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދެއްވި ގޮތުގައި، ރާއްޖޭގެ މީހުން އުޅޭ ހުރިހާ ރަށަކާއި، ރިސޯޓުތަކާއި އަދި ޖަލުތަކުގައި ހިމެނޭހެން ޖުމްލަ 588 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ. ވޯޓުލުމުގެ ކަންކަން އަމާންކަމާއެކު ކުރިއަށްގެންދިއުމަށް ބޭނުންވާ ހުރިހާ ތައްޔާރީތަކެއް މިހާރު ވަނީ ނިމިފައެވެ.

ކިޔުންތެރިންގެ ހިޔާލު