ލޯކަލް ކައުންސިލްތަކަށް ފަންނީ، މާލީ އެހީ ފޯރުކޮށްދޭނެ އޮފީހެއް އެމްޑީޕީން ޤާއިމްކޮށް އެ އޮފީހުގެ ވެރިއަކަށް ކުރީގެ މާލީ ވަޒީރު އިބްރާހިމް އަމީރު އައްޔަނު ކޮށްފިއެވެ.
އެމްޑީޕީން މިއަދު ބުނީ، ލޯކަލް ކައުންސިލްތަކަށް ފަންނީ، މާލީ އަދި އެހެނިހެން މަދަދުވެރިކަމާއި އެހީ ފޯރުކޮށްދިނުމަށް އިންޓަރ-ލޯކަލް ކައުންސިލް ޕްރޮޖެކްޓް ޑެވަލޮޕްމަންޓް އޮފީސް (އައިއެލްސީ-ޕީޑީއޯ) ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޤައުމީ ސެކްރެޓޭރިއަޓުގައި ޤާއިމު ކޮށްފައިވާ ކަމަށެވެ.
"މިއޮފީހުގެ ޑައިރެކްޓަރ ޖެނެރަލް އަކީ އެމްޑީޕީގެ ޤަައުމީ މަޖިލިސް މެންބަރު އިބްރާހިމް ޢަމީރެވެ." އެމްޑީޕީން ބުނެފައިވެއެވެ.
މި އޮފީހުގެ މަސައްކަތްތަކުގެ ތަފުސީލުތަކާއި، ކުރިއަށް ރޭވިފައިވާ ހަރަކާތްތަކާ ބެހޭ އިތުރު މައުލޫމާތުތައް ކުރިއަށް އޮތްތަނުގައި ޕާޓީގެ ފަރާތުން ހާމަކުރަމުން ގެންދާނެ ކަމަށް އެމްޑީޕީން މައުލޫމާތު ދެއެވެ.
އެމްޑީޕީން ލޯކަލް ކައުންސިލްތަކަށް ފަންނީ އަދި މާލީ އެހީތެރިކަން ފޯރުކޮށްދޭ އޮފީހެއް ޤާއިމު ކޮށްފައިވާއިރު، އެމްޑީޕީން މިހާރު ވަނީ، އެ ޕާޓީގެ ޤައުމީ ސެކްރެޓޭރިއަޓުގައި "ބޮޑު ބަދަލު" އޮފީސް ރަސްމީކޮށް ޤާއިމުކޮށް އެ އޮފީހުގެ މަސައްކަތްވެސް ފަށާފައެވެ. މި އޮފީހުގެ ވެރިއަކަށް އައްޔަނު ކޮށްފައިވަނީ، އެޕާޓީގެ ސިޔާސީ މަސައްކަތްތަކުގައި ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ކުރީގެ ޗެއަރޕާސަން އަލްއުސްތާޛް ޙަސަން ލަޠީފެވެ.
އެމްޑީޕީން އެޕާޓީގެ ހިންގުމަށް ބަދަލުތައް ގެންނަން ފަށާފައިވާއިރު އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ޕާޓީގެ ޢާއްމު މެންބަރުންގެ ބޮޑު އަޣުލަބިއްޔަތަކުން މިހާރުވަނީ އިންތިޚާބު ކޮށްފައެވެ.
އޭގެ އިތުރުން އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުވެސް ބޮޑު އަޣުލަބިއްޔަތަކުން ކާމިޔާބު ކޮށްފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ.

ALG
UZB
GHA
ކިޔުންތެރިންގެ ހިޔާލު