އެމެރިކާގެ އަސްކަރިއްޔާއަށް ނިސްބަތްވާ ދެ މަތިންދާބޯޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އަށް ޖައްސައިފިއެވެ.
ވީއައިއޭއަށް ޖައްސާފައިވަނީ އެމެރިކާގެ މެރިން ކޯޕްސްއިން ސިފައިންނާއި ހަތިޔާރު އުފުލުމުގެ އިތުރުން އަސްކަރީ އެކި އޮޕަރޭޝަންތަކުގައި ބޭނުންކުރާ، ހެލިކޮޕްޓަރެއްގެ ސިފައަށް ފަރުމާކޮށްފައިވާ "ބެލް-ބޮއިންގް އެމްވީ-22ބީ އޮސްޕްރޭ" މަރުކާގެ ދެ ބޯޓެވެ.
ރާއްޖޭގެ ވައިގެ ދަތުރުފަތުރާ ގުޅޭ މަޢުލޫމާތު ހާމަކުރާ "އޭވިއޭޓާސް މޯލްޑިވްސް" އެކްސް އެކައުންޓުން ވަނީ މި ދެ ބޯޓު ވީއައިއޭގެ ރަންވޭ މަތީގައި ހަރަކާތްތެރިވާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުކޮށްފައެވެ.
ރާއްޖެ އެކުލެވިގެންވާ ޖިއޮގްރަފީ ސަރަޙައްދުގެގޮތުން، ބައިނަލްއަޤްވާމީ ދަތުރުތަކުގައި އެކި ޤައުމުތަކުގެ އަސްކަރީ އަދި މުދާ އުފުލާ މަތިންދާބޯޓުތައް ތެޔޮ އެޅުމަށާއި ޓްރާންސިޓް މަންޒިލެއްގެ ގޮތުގައި ވީއައިއޭ އާންމުކޮށް ބޭނުންކުރެއެވެ.
މެދުއިރުމަތީގެ މަސްރަޙު ގޯސްވެފައިވާ މި ދަނޑިވަޅުގައި، މީގެ ކުރިންވެސް އެމެރިކާގެ އަސްކަރީ މަތިންދާބޯޓެއް ރާއްޖެއަށް ޖައްސާފައިވެއެވެ.
މިފަދަ ބޯޓުތައް ރާއްޖެއަށް އައުމާ ގުޅިގެން އާންމުންގެ މެދުގައި އުފެދޭ ކަންބޮޑުވުންތަކަށް ރައްދު ދެމުން ސަރުކާރުން މީގެ ކުރިން ހާމަކޮށްފައިވަނީ، އެއްވެސް ހަނގުރާމައެއްގެ ބޭނުމަށް ދަތުރުކުރާ ނުވަތަ ހަނގުރާމައިގެ އޮޕަރޭޝަނަކަށްފަހު އެނބުރިދާ އެއްވެސް އަސްކަރީ އުޅަނދަކަށް ރާއްޖެއިން އެއްވެސް އެހީތެރިކަމެއް ފޯރުކޮށްނުދޭނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް އެފަދަ އެއްވެސް ކަމަކަށް ފުރުޞަތު ނުދޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން ސަރުކާރުން ވަނީ އަރުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު