ޕެންޓަގަންގެ ވެރިޔާ
ޕެންޓަގަންގެ ވެރިޔާ
އެމެރިކާގެ ރިޕަބްލިކަން ޕާޓީގެ ކޮންގްރެސް މެންބަރު ތޮމަސް މެސީ، ޕެންޓަގަންގެ ވެރިޔާ ނުވަތަ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތުގެ މައްޗަށް މަޤާމުގެ ބާރު ނަހަމަގޮތުގައި ބޭނުންކުރުމާއި، ކޮންގްރެސްގެ ހުއްދައަކާނުލައި ޤާނޫނާ ހިލާފަށް އީރާނާއި ދެކޮޅައް ހަނގުރާމަ ފެއްޓެވުމުގެ ތުހުމަތުކޮށް، މަޤާމުން ވަކިކުރުމުގެ 8 މައްސަލައެއް ހުށަހަޅުއްވައިފިއެވެ.

ކެންޓަކީ ސްޓޭޓް ތަމްސީލުކުރައްވާ މެންބަރު މެސީ މި ހުށަހެޅުއްވުމުގައި ހެގްސެތުގެ މައްޗަށް ވަނީ، ޤާނޫނުހަދާ މަޖިލީހުގެ ހުއްދައާނުލައި އާއި ނުލައި ޔަމަނާ ދެކޮޅަށް ހަނގުރާމަ ފެއްޓެވުމާއި، މަދަނީ މީހުންނަށް ގެއްލުން ލިބުން މަދުކުރުމަށް އޮންނަ ޤާނޫނުތަކަށް ބޯނުލެނބުމާއި، އަދި ކެރީބިއަން ކަނޑާއި އިރުމަތީ ޕެސިފިކް ކަނޑުގައި ޤާނޫނާ ޚިލާފަށް މީހުން މެރުމުގެ އަމަލުތައް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވާފައެވެ.

މީގެ އިތުރުން ވެނެޒުއެލާގެ ރައީސް ނިކޮލަސް މަޑުރޯ ހައްޔަރުކުރުމުގެ ކަންކަމުގައި ވެސް ކޮންގްރެސްގެ ހުއްދަ ހޯއްދަވާފައި ނުވާކަމަށް މި މައްސަލަތަކުގައި ފާހަގަކޮށްފައިވެއެވެ.

ޑިފެންސް ސެކްރެޓަރީގެ މި ޢަމަލުތަކަކީ ޤާނޫނުއަސާސީއާއި ޤައުމުގެ ސަލާމަތަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ސިފަކުރައްވަމުން، މެސީ ގެންދަވަނީ ވީ އެންމެ އަވަހަކަށް މި މައްސަލައަށް ވޯޓަކަށް އެއްސެވުމަށް މަސައްކަތް ކުރައްވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު