ރަސްމާލެ ހިއްކުމުގެ މުޅި މަޝްރޫއަށް 700 މިލިއަން ނުވަތަ 1،000 މިލިއަން (1 ބިލިއަން) ޑޮލަރު ޚަރަދުވާ ކަމަށް ބުނެ ދައްކަމުންދަނީ ސިޔާސީ ބޭނުމަށް ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށް ދައްކާ ދޮގު ވާހަކަތަކެއް ކަމަށާއި، އެ މަޝްރޫއުގެ ޚަރަދު ބޮޑުތަނުން ކުޑަކުރެވިފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ސަރުކާރުން ކުރިއަށްގެންދާ "އަހާ" ފޯރަމުގައި އާންމު ފަރާތަކުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު މުއްތަލިބު ވިދާޅުވީ، ރަސްމާލެ ހިއްކުމުގެ މަސައްކަތް ފެށި ދުވަސްވަރު 500 މިލިއަނާއި 700 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް ޚަރަދުވާނެ ކަމަށް އަންދާޒާކުރެވުނު ކަމަށެވެ. އަދި އޭރު އެ އަދަދު ހިސާބުކުރީ ކުރީގެ ސަރުކާރުން ގުޅިފަޅާއި ގިރާވަރުފަޅު ހިއްކުމަށް ހިނގި ޚަރަދަށާއި މާކެޓް ރޭޓުތަކަށް ބަލައިގެން، ގޮނޑުދޮށް ހިމާޔަތްކުރުން (ޝޯ ޕްރޮޓެކްޝަން) ވެސް ހިމަނައިގެން ކަމަށް ވަޒީރު ވަނީ ފާހަގަކުރައްވާފައެެެވެ.
ނަމަވެސް، ސަރުކާރުގެ ކުންފުނިތަކާ ހަވާލުކޮށްގެން، ޑްރެޖަރު ޗާޓަރުކޮށްގެން ވީހާވެސް ޚަރަދު ކުޑަކުރުމަށް ކުރެވުނު މަސައްކަތުން އެ ޚަރަދު މިހާރު ބޮޑުތަނުން ކުޑަކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"މިއަހަރު ނިމެން ވާއިރަށް އަދި ކޮންމެވެސް ވަރަކަށް ނުހިއްކި އޮތް ކަމުގައި ވީ ނަމަވެސް ޓާގެޓަކީ މިއަހަރު ނިމެން ވާއިރަށް ރަސްމާލެ ހިއްކައި ނިންމުން. އެހާތަނަށް ދާއިރުގައި ގާތްގަނޑަކަށް ޚަރަދުވާނީ 330 މިލިއަނެއްހާ ޑޮލަރު. މާނައަކީ މުޅި ރަސްމާލޭގެ 1009 ހެކްޓަރު ހިއްކުމަށްޓަކައި ދައުލަތުން ހަރަދުވާނެ ކަމަށް ލަފާ ކުރެވޭ އަދަދަކީ 330 މިލިއަން ޑޮލަރޭ،" މިނިސްޓަރު މުއްތަލިބު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، މުޅި މަޝްރޫއުގެ 1،009 ހެކްޓަރުގެ ތެރެއިން 500 ހެކްޓަރަށް ޚަރަދުވާނީ ގާތްގަނޑަކަށް 160 މިލިއަން ޑޮލަރު ކަމަށެވެ. އަދި މި މަޝްރޫއަށް ޚަރަދުވާ 330 މިލިއަން ޑޮލަރުގެ ބޮޑު ބައެއް، ރާއްޖޭގެ ޑޮލަރުގެ ދަތިކަމަށް އަސަރު ނުކުރާނޭހެން ދިވެހި ރުފިޔާއިން ދައްކާފައިވާކަންވެސް ވަޒީރު ވަނީ ހާމަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު