މިއަދު ކުރިއަށްދާ މުހިންމު އިންތިޚާބުގައި ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް ވޯޓު ލަށްވައިފިއެވެ. ރައީސް މައުމޫން ވޯޓު ލެއްވުމާއެކު، ކުރީގެ ރައީސުންގެ ތެރެއިން މިހާރު ދުނިޔޭގައި ތިއްބެވި ހުރިހާ ބޭފުޅުން މިވަނީ މި އިންތިޚާބުގައި ވޯޓު ދެއްވާފައެވެ.
ވޯޓުލެއްވުމަށްފަހު މީޑިއާތަކާ ބައްދަލުކުރައްވައި ދެއްވި ކުރު މެސެޖެއްގައި ރައީސް މައުމޫން ވަނީ، މިއީ ގައުމީ ފެންވަރުގައި ކުރިއަށްދާ މުހިންމު ކަމަކަށްވާތީ، ހުރިހާ ރައްޔިތުންވެސް ފަރުދީ ޒިންމާ އަދާކުރަށްވައި ވޯޓުލުމުގެ ހައްގު ބޭނުންކުރުމަށް އިލްތިމާސް ކުރަށްވާފައެވެ.
މިއަދުގެ މި އިންތިޚާބަކީ ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގެ އިތުރުން، ކުރިއަށް އޮތް ތަނުގައި ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުއެކީގައި ބޭއްވުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ގޮތެއް ނިންމުމަށް ނަގާ ރެފަރަންޑަމް ވޯޓެއްވެސް ހިމެނޭ ވަރަށް މުހިންމު އިންތިޚާބެކެވެ.
އިންތިޚާބުގެ ވޯޓުލުން މިއަދު ހަވީރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ކުރިއަށްދާނެއެވެ. އެކި ދާއިރާތަކުން ގިނަ އަދަދެއްގެ ކެންޑިޑޭޓުން މި އިންތިޚާބުގައި ވާދަކުރައްވާއިރު، އިލެކްޝަންސް ކޮމިޝަނުން ދަނީ ވޯޓުލުމުގެ ކަންކަން އަމާންކަމާއެކު އިންތިޒާމުކޮށް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުންނެވެ.
މި އިންތިހާބުތަކުގެ ވޯޓުލުން ފެށީ ހެނދުނު 8:00 ގައެވެ. ވޯޓްލުން ހަވީރު 16:00 އާ ހަމައަށް ކުރިއަށް ދާނެ އެވެ. އަދި މި އިންތިހާބުގައި 294،876 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ.

ކިޔުންތެރިންގެ ހިޔާލު