ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު
ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު
މިއަދު ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރުން ރިފަރަންޑަމް ވޯޓުގައި ރައްޔިތުން މި ސަރުކާރަށް ބޮޑުތަނުން "ނޫނެކޭ" ބުނެފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.

އިންތިޚާބުގެ ވަގުތީ ނަތީޖާތައް ހާމަވަމުންދާ ދަނޑިވަޅެއްގައި، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޑރ. ޝަމްހީދު ވިދާޅުވީ، ރައްޔިތުންގެ ނިންމުމުން ފެންނަނީ ސަރުކާރަށް އޮތް ތާއީދު ގެއްލިފައިވާ މަންޒަރު ކަމަށެވެ. އަދި މިހާލަތުގައި ހުރިހާ ގޮތަކުން ބެލިޔަސް އެންމެ ބުއްދިވެރި ގޮތަކީ އަދި ދުނިޔޭގެ ޑިމޮކްރެޓިކް ހަމައަކީވެސް ވެރިކަމުން އިސްތިއުފާ ދެއްވުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"ރައްޔިތުން ބޮޑުތަނުން ނޫނެކޭ ބުނެފި. ހުރިހާ ގޮތަކުންވެސް އެންމެ ބުއްދިވެރި، އަދި ދުނިޔޭގެ ހަމައަކީ ވެރިކަމުން އިސްތިއުފާދީ، ސަރުކާރު ހިންގުން އެހެންބަޔަކާ ހަވާލް ކުރުން،" ޑރ. ޝަމްހީދު ވިދާޅުވިއެވެ.



މިއަދު ކުރިއަށްދިޔަ އިންތިޚާބުތަކުގެ ވޯޓު ގުނުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާއިރު، މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާތަކުން ދައްކާ ގޮތުގައި ގިނަ ގޮނޑިތަކުން ކުރީގައި އުޅުއްވަނީ އިދިކޮޅު ކެނޑިޑޭޓުންނެވެ.

ވަކިން ހާއްސަކޮށް، ދެ އިންތިޚާބާ ގުޅޭގޮތުން ނެގުނު ރިފަރަންޑަމް ވޯޓުގެ ވަގުތީ ނަތީޖާއަށް ބަލާއިރު، ވޯޓުލީ މީހުންގެ ބޮޑު އަޣުލަބިއްޔަތަކުން ވަނީ ސަރުކާރުން ހުށަހެޅި ކަންކަމަށް "ނޫނެކޭ" ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް