އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒް (ޝިއްޕެ)
އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒް (ޝިއްޕެ)
މިއަދު ބޭއްވި އިންތިޚާބުތަކުގައި ސަރުކާރަށް ލިބުނު ނާކާމިޔާބީއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިތުބާރު ނެތްކަން ހާމަވެގެންދިޔަ ކަމެއް ކަމަށާއި، އެމަނިކުފާނު މަގާމުން އިސްތިއުފާ ދެއްވަންޖެހޭ ކަމަށް އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒް (ޝިއްޕެ) ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށްދިޔަ ފޯރިގަދަ ތިން އިންތިޚާބެއްގެ ވަގުތީ ނަތީޖާތައް ސާފުވަމުންދާ ދަނޑިވަޅެއްގައި، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝިފާޒް ވިދާޅުވީ، މި ފެންނަ ނުފެންނަ ވޯޓަކީ ސީދާ ރައީސް މުޢިއްޒު ބޭނުންފުޅުވެގެން ކުރިއަށް ގެންދެވުނު ކަމެއް ކަމަށެވެ. ނަމަވެސް ވޯޓުގެ ނަތީޖާއިން ފެނިގެންދިޔައީ ރައްޔިތުންގެ މެދުގައި ރައީސުލްޖުމްހޫރިއްޔާއަށް އޮތް އިތުބާރު ގެއްލިފައިވާ މިންވަރު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"ފެންނަ ނުފެންނަ ވޯޓެއްނެގީ ރައީސް މުޢިއްޒު ބޭނުންފުޅުވެގެން. އެހެނަސް މި ފެނުނީ ރައީސުލްޖުމްހޫރިއްޔާގެ އިތުބާރު ނެތްކަން. ޑިމޮކްރަސީ ހަމަޔަކީ ރައްޔިތުންގެ އިތުބާރު ނެތްކަން އެ ރައްޔިތުން ނިންމީމާ އެކަމަށް އިހްތިރާމުކޮށް، މަގާމުން އިސްތިއުފާދެއްވުން،" ޝިފާޒްގެ ޕޯސްޓުގައި ބަޔާންކުރައްވާފައިވެއެވެ.



މިއަދު ކުރިއަށްދިޔަ އިންތިޚާބުތަކުގެ ވޯޓު ގުނުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާއިރު، މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާތަކުން ދައްކާ ގޮތުގައި ގިނަ ގޮނޑިތަކުގެ ކުރީގައި އުޅުއްވަނީ އިދިކޮޅު ކެނޑިޑޭޓުންނެވެ. ވަކިން ހާއްސަކޮށް، ސަރުކާރުން ހުށަހެޅި ކަންކަމާ ގުޅޭގޮތުން ނެގުނު ރިފަރަންޑަމް ނުވަތަ ފެންނަ ނުފެންނަ ވޯޓުގައި، ވޯޓުލީ މީހުންގެ ބޮޑު އަޣުލަބިއްޔަތަކުން ވަނީ ސަރުކާރުގެ ހުށަހެޅުންތަކަށް "ނޫނެކޭ" ބުނެފައެވެ.

ސަރުކާރުގެ ސިޔާސަތުތަކަށް ރައްޔިތުންގެ ތާއީދު އޮތްތޯ ބެލުމަށް ނެގުނު މި ވޯޓުގެ ނަތީޖާއާއެކު، ސިޔާސީ މަސްރަހު ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ. އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި މިއީ މިހާރުގެ ސަރުކާރާއި ރައީސް މުޢިއްޒަށް ރައްޔިތުން ދިން ވަރުގަދަ މެސެޖެކެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް