މިއަދު ބޭއްވުނު ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ނަތީޖާ ބަަލައިގަންނަ ކަމަަށާއި އެ ނަތީޖާ އާއި ގުޅިގެން ސަރުކާރުން އިސްލާހުކުރަންޖެހޭ ކަންކަން ރައްޔިތުންގެ ވިންދާ އެއްގޮތަށް ރަނގަޅުކުރާނެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވުނު ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު ސަރުކާރު ހިންގާ ޕީ.އެން.ސީގެ މައްޗަށް އިދިކޮޅު އެމް.ޑީ.ޕީން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައެވެ. މިގޮތުން ހުރިހާ ސިޓީތަކެއްގެ މޭޔަރުކަމުގެ ގޮނޑިތަކުގެ އިތުރުން، ކައުންސިލްތަކުގެ އަޣުލަބިއްޔަތު ގޮނޑިތައްވެސް ކާމިޔާބުކޮށްފައިވަނީ އެމް.ޑީ.ޕީންނެވެ. މީގެ ދެ އިންތިޚާބު އެއްދުވަހު ބޭއްވުމާއި މެދު ޚިޔާލު ހޯދުމަށް މިއަދު ނެގި ރެފަރެންޑަމް އަށް ވެސް ރައްޔިތުން ވަނީ ނޫނެކޭ ބުނެފައެވެ.
މިއަދު ކުރިއަށްދިޔަ އިންތިޚާބުތަކުގެ ނަތީޖާއާ ގުޅިގެން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، މިއަދު ބޭއްވުނު ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ އިތުރުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގެ ނަތީޖާ އިޙްތިރާމާއެކު އެމަނިކުފާނު ބަލައިގަންނަވާ ކަމަށެވެ.
މީގެއިތުރުން، މި އިންތިޚާބުތަކުގައި ވާދަކޮށް ކާމިޔާބީ ހޯއްދެވި ހުރިހާ ކެންޑިޑޭޓުންނަށް ރައީސް ވަނީ މަރުހަބާ ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ، ސަރުކާރުގެ ހިންގުމުގެ ތެރެއިން ރަނގަޅުކުރަންޖެހޭ ކަންކަން ހުރިނަމަ، އެކަންކަން ރައްޔިތުންގެ ވިންދާ އެއްގޮތަށް ރަނގަޅުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މާތް الله ގެ ވާގިފުޅާއެކު ކުރިއަށްގެންދަވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް އަރުވާ ކަމަށެވެ.
ރައީސްގެ މި ވާހަކަފުޅަކީ އިންތިޚާބުގެ ނަތީޖާއިން ފެނިގެންދިޔަ ރައްޔިތުންގެ ޝުޢޫރުތަކަށް އިޙްތިރާމްކުރައްވައި، ސަރުކާރުގެ ސިޔާސަތުތައް އިތުރަށް ހަރުދަނާކުރެއްވުމަށް ދެއްވި މެސެޖެއްކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު