ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ޚިޔާލު ހޯދުމަށް މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރެފަރެންޑަމްގެ ނަތީޖާ، ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙް ކުރިން އަންދާޒާކުރެއްވި ގޮތަށް ނިކުމެއްޖެއެވެ.
ލޯކަލް ކައުންސިލް އިންތިޚާބާ އެކު ކުރިއަށްދިޔަ މި ރެފަރެންޑަމްގައި ރައްޔިތުން މި ސަރުކާރުގެ ނިންމުންތަކަށް "ނޫނެކޭ" ބުނާނެ ކަމަށާއި، މިނިވަންކަމާއެކު ވޯޓުލުމުގެ ފުރުސަތު ލިބިއްޖެނަމަ 60 އިންސައްތައަށް ވުރެ މަތިން ސަރުކާރާ ދެކޮޅަށް ނަތީޖާ ނުކުންނާނެ ކަމަށް ރައީސް ސާލިޙް ކުރިން ވަނީ ވިދާޅުވެފައެވެ.
"އަޅުގަނޑަކަށް ހަމަ ޤަބޫލެއް ނުކުރެވޭ ރަނގަޅަށް މީހުންނަށް ވޯޓްލާން ފުރުސަތު ލިބިއްޖެއްޔާ މީގައި 60 ޕަސެންޓަށް ވުރެ މަތިން ނަތީޖާ (ނޫނެކޭ) ބުނުމަކީ ވަރަށް ގާތްކަމެއް ވަރަށް ބޮޑު ޗޭންޖެެއް ނާންނަންޏާ މިހާރުން ފެށިގެން" ރައީސް ސާލިޙް ވިދާޅުވިއެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރެފަރެންޑަމްގެ އެއްފޮށި ފިޔަވައި އެހެން ހުރިހާ ފޮށިތަކެއްގެ ވަގުތީ ނަތީޖާ، ދައްކާގޮތުގައި، ދެ އިންތިޚާބު އެއްކޮށް ބޭއްވުމާ ދެކޮޅަށް 146،112 މީހުން ވަނީ ވޯޓު ދީފައެވެ. މިއީ ވޯޓުލީ މީހުންގެ 68.5 އިންސައްތައެވެ. މި ނަތީޖާއާއެކު ރައީސް ސާލިޙް ޖެއްސެވި ހިސާބު ދިމާވެފައިވާއިރު، މިއީ ރައީސް މުޢިއްޒު ވެރިކަމަށް އިންތިޚާބުވެވަޑައިގަތުމަށް ލިބިވަޑައިގެންނެވި ވޯޓަށްވުރެ ވެސް މަތީ އަދަދެއްކަން ފާހަގަކުރެވެއެވެ.
އިންތިޚާބުގެ ކުރިން ރާއްޖެޓީވީގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިޙް ވިދާޅުވެފައިވަނީ، މި އިންތިޚާބަކީ ސަރުކާރުގެ މަޤުބޫލުކަން އޮތް މިންވަރު ރައްޔިތުން ވަރަށް ސާފުކޮށް ހާމަކޮށްދޭނެ ފުރުސަތެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު