ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ވޭޕް ކާޓްރިޖްތަކެއް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގަނެފިއެވެ.
ކަސްޓަމްސްއިން ހާމަކޮށްފައިވާ ގޮތުގައި މި ތަކެތި އަތުލައިގަނެފައިވަނީ މާލޭ ބަނދަރަށް މުދާ ހިފައިގެން އައި ބޯޓުފަހަރު ބަލައި ފާސްކުރުމުގެ ތެރޭގައެވެ. މިގޮތުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި، އެ ބޯޓުން ރާއްޖެއަށް އެތެރެކުރަން އުޅުނު 1،940 ވޭޕް ކާޓްރިޖް ވަނީ ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މި މައްސަލައާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ކަސްޓަމްސްއިން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.
ރާއްޖޭގައި ވޭޕާއި އިލެކްޓްރޯނިކް ސިނގިރޭޓް ބޭނުންކުރުމާއި، ގެންގުޅުމާއި އަދި ރާއްޖެއަށް އެތެރެކުރުން ސަރުކާރުން މިހާރު ވަނީ މަނާކޮށްފައެވެ. މިތަކެތި މަނާ ކުރި ފަހުން ޤާނޫނާ ޚިލާފަށް މިތަކެތި އެތެރެކުރާ މައްސަލަތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ރާއްޖޭގައި ވޭޕް މަނާކުރި ފަހުން މިހާތަނަށް ކުރެވުނު މަސައްކަތުން 70،000 އަށްވުރެ ގިނަ ވޭޕާއި އޭގެ އެކި ސާމާނު ވަނީ އަތުލައިގަނެވިފައެވެ.

ކިޔުންތެރިންގެ ހިޔާލު