މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް އިންތިޚާބާއި ރެފަރެންޑަމްގެ ނަތީޖާއެކު ރައްޔިތުންގެ އިތުބާރު ސަރުކާރަށް ގެއްލިފައިވާކަމަށާއި, ރައީސް ޑރ.މުޙައްމަދު މުޢިއްޒު މަޤާމުން އިސްތިއުފާ ދެއްވުމަށް އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބުދުލްޣަފޫރު މޫސާ ގޮވާލައްވައިފިއެވެ.
ލޯކަލް ކައުންސިލް އިންތިޚާބުން އެމްޑީޕީއަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކުރުމަށް މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޚާއްޞަ ޖަލްސާގައި، ވާހަކަ ދައްކަވަމުން އެ ޕާޓީގެ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ ވިދާޅުވީ ރައްޔިތުންގެ އިތުބާރު މި ސަރުކާރަށް ގެއްލިއްޖެ ކަމަށެވެ. އެހެންކަމުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މަޤާމުން އިސްތިއުފާ ދެއްވުމަށްފަހު ގެއަށް ވަޑައިގަތުމަށް ޣަފޫރު ގޮވާލެއްވިއެވެ.
ޖަލްސާގެ ބައިވެރިންނާ މުޚާޠަބު ކުރައްވަމުން ޣަފޫރު ވިދާޅުވީ، މި އިންތިޚާބުގެ ނަތީޖާއިން ރައްޔިތުން ބޭނުންވާ ގޮތް ވަރަށް ސާފުކޮށް ހާމަވެއްޖެ ކަމަށެވެ. އެގޮތުން ރާއްޖޭގެ ފަސް ސިޓީގެ ހުރިހާ މޭޔަރުންނަކީ މިއަދު އެމްޑީޕީއަށް ނިސްބަތްވާ ބޭފުޅުންކަން އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ރާއްޖޭގެ ހުރިހާ ސިޓީއެއްގެ މެޖޯރިޓީ ބޮޑު ތަފާތަކުން އެމްޑީޕީން ނަގާފައިވާ ކަމަށާއި، ރާއްޖޭގެ ބޮޑެތި ރަށްތަކުގެ އިތުރުން ގިނަ ކުދި ރަށްތަކުގެ މެޖޯރިޓީވެސް ކާމިޔާބުކުރީ އެމްޑީޕީން ކަމަށް ޣަފޫރު ވިދާޅުވިއެވެ.
"ފެންނަ ނުފެންނަ ވޯޓުގައި 70 އިންސައްތައަށްވުރެ މަތިން އަޅުގަނޑުމެން ކާމިޔާބު ކޮށްފިން. ރައްޔިތުން ބުނެފި މި ސަރުކާރު ފެއިލްވެއްޖެ ކަމަށް. ރައްޔިތުން އެ ބުނަނީ އިސްތިއުފާ ދޭށޭ،" ޣަފޫރު ވިދާޅުވިއެވެ.
ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ޣަފޫރު ވިދާޅުވީ، ރައްޔިތުންގެ އިތުބާރު މި ސަރުކާރަށް ގެއްލިފައިވާ ކަމަށާއި، ދުނިޔޭގެ ތަހުޒީބު އެހެން ގައުމުތަކުގައިވެސް ކަންކުރާ އުސޫލުން ރައީސް މުޢިއްޒު އިސްތިއުފާ ދެއްވުމަށްފަހު ގެއަށް ވަޑައިގަންނަވަން ޖެހޭ ކަމަށެވެ.
ޣަފޫރު ވިދާޅުވީ، އެމްޑީޕީން ކުރަމުންދާ މަސައްކަތުގައި ސާބިތުކަމާއެކު ދެމިތިބޭނެ ކަމަށާއި، މިހާރު ފެންނަމުންދާ ކާމިޔާބީއާއެކު އެ ޕާޓީގެ ހަރަކާތްތައް އިތުރަށް ވަރުގަދަ ކުރާނެ ކަމަށެވެ. އަދި ދިވެހި ރައްޔިތުން އެމްޑީޕީއަށް ދެއްވި ތާއީދަށްޓަކައި އޭނާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު