ސަރުކާރު ހިންގާ ޕީއެންސީގެ މަޖިލިސް މެމްބަރުން ކަސްތޮޅުން ނެއްޓި ރައްޔިތުންގެ ފަޅިއަށް އެރުމަށް އެމްޑީޕީގެ ރައީސް އަބުދު ﷲ ޝާހިދު ގޮވާލައްވައިފިއެވެ.
ޝާހިދު މިހެން ވިދާޅުވީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގެ އިތުރުން ރައްޔިތުންގެ މެދުގައި ނެގި ޚިޔާލު ހޯދުމުގެ އާންމު ވޯޓުން އިދިކޮޅު އެމްޑީޕީއަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
މި ޖަލްސާގައި ވާހަކަދައްކަވަމުން ޝާހިދު ވަނީ ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންނަށް ޚާއްސަ އިލްތިމާސެއް ކުރައްވާފައެވެ. ޝާހިދު ގޮވާލެއްވީ މަޖިލިސް މެންބަރުންގެ "އަނގަފުޅުގައި އަޅުއްވާފައިވާ ކަސްތޮޅުތައް" ނައްޓާލައްވައި، ރައްޔިތުންނާއެކު ނުކުމެވަޑައިގަތުމަށެވެ. ޝާހިދު އެގޮތަށް ގޮވާލެއްވީ ޕާޓީން ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް މަޖިލީހުން ޤާނޫނެއް ފާސްކޮށްފައިވާތީ އެކަަމަށް އިޝާރަތް ކުރަށްވަމުންނެވެެ.
"ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ވެސް އަޅުގަނޑު ގޮވާލަން ތިޔަ ބޭފުޅުންގެ އަނގަފުޅުގައި އަޅުއްވާފައިވާ ކަސްތޮޅުތައް ނައްޓާލައްވާފައި ރައްޔިތުންނާއެކު ނުކުމެވަޑައިގަންނާށޭ. 70 ޕަސެންޓާއެކު ނުކުމެވަޑައިގަންނާށޭ. ގުޅިވަޑައިގަންނާށޭ. އަޅުގަނޑުމެންގެ ގާނޫނުއަސާސީގެ ހިމާޔަތުގައި ތިބޭފުޅުން ނުކުމެވަޑައިގަންނާށޭ،" ޝާހިދު ވިދާޅުވިއެވެ.
މަޖިލީހުގެ ކުރީގެ ރައީސް ކަން ވެސް ޝާހިދު އިތުރަށް ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ އުންމީދުތައް އެމްޑީޕީގެ ތިލަފަތާ ގުޅިފައިވާ މިންވަރު މި އިންތިޚާބުތަކުގެ ނަތީޖާއިން ހާމަވެފައިވާ ކަމަށެވެ. ތިލަފަތަކީ ކުރިއަށް ދިއުމާއި ތަރައްގީގެ ރަމްޒެއްގެ ގޮތުގައި ސިފަކުރައްވަމުން، މި ސަރުކާރު ބަލިކޮށްލުމަށް ހުރިހާ ރައްޔިތުން އެކުގައި އަތްގުޅާލުމަށް އޭނާ ގޮވާލެއްވިއެވެ.
މި ފަހަރުގެ އިންތިޚާބުތަކުން ލިބުނު ކާމިޔާބީއަކީ އެމްޑީޕީގެ މެންބަރުންނާއި ރައްޔިތުން ކުރި ބުރަ މަސައްކަތުގެ ނަތީޖާކަން ފާހަގަކުރައްވަމުން ޝާހިދު ވިދާޅުވީ، އެ ޕާޓީގެ މިހާރުގެ އަމާޒަކަށް ވާންޖެހޭނީ ޕީއެންސީގެ ސަރުކާރު ބަލިކޮށް، ގައުމު އަލުން ހަމަމަގަށް އެޅުވުން ކަމަށެވެ.
ޕާޓީގެ އެތެރޭގައި ހުރި ޚިޔާލުތަފާތުވުންތައް އެއްކިބާކުރުމަށް ބާރުއަޅުއްވަމުން ޝާހިދު ވިދާޅުވީ، މި ވަގުތަކީ އެންމެން ގުޅިގެން މި ސަރުކާރު ބަދަލުކޮށް، ރާއްޖެއަށް ހެޔޮ ގޮތް ހޯދައިދޭންވީ ވަގުތު ކަމަށެވެ.
"އަޅުގަނޑުމެންނަށް ފަހަތަށް ޖެހެވޭކަށް ނެތް. އަޅުގަނޑުމެން ކުރިއަށް ދާން ރައްޔިތުން އެދެނީ،" ޝާހިދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު