ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން ދާދިފަހުން ނެގުނު ރެފަރެންޑަމް ވޯޓުގެ ނަތީޖާއިން ހާމަވެގެންދިޔައީ ރައްޔިތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ކުރާ ފުރިހަމަ އިތުބާރު ކަމަށް ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާޢު މިރޭ ވިދާޅުވެއްޖެއެވެ.
ޓީވީ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޝުޖާޢު ވިދާޅުވީ، މި ރެފަރެންޑަމްގައި ވަރަށް ގިނަ އަދަދެއްގެ ރައްޔިތުން ވޯޓުލާން ނިކުތް މަންޒަރު ފެނިގެން ގޮސްފައިވާ ކަމަށެވެ. ޝުޖާޢު ވިދާޅުވީ ރެފެރެންޑަމްގައި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވީ، ރައްޔިތުން ނިއްމާ ނިންމުން ރައީސް މުޢިއްޒު ތަންފީޒުކުރައްވާނެ ކަމުގެ ފުރިހަމަ އިތުބާރު އެ ރައްޔިތުންނަށް އޮތުމުން ކަމަށެވެ. މިއީ ދެ އިންތިޚާބު އެއްކޮށްލުމާ މެދު ރައްޔިތުން ދެކޭގޮތް ބެލުމަށް ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދިޔަ މުހިންމު މަސައްކަތެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
ޝުޖާޢު ވިދާޅުވި ގޮތުގައި، މި ރެފަރެންޑަމްގެ ސަބަބުން ރައްޔިތުން ބަލައިގަންނަ އެންމެ މުހިންމު ކަމަކީ، ރައީސް މުޢިއްޒަކީ ކަމެއް ނިންމެވުމުގެ ކުރިން ރައްޔިތުންގެ ގާތުގައި އެކަމެއް އެއްސެވުމުގެ ސަގާފަތެއް ގެންގުޅުއްވާ ބޭފުޅެއް ކަމެވެ.
"ރައީސް ކަމެއް ކުރެއްވުމުގެ ކުރިން ރައްޔިތުންގެ ގާތުގައި މި އައްސަވަނީ، ތިމަންމަނިކުފާނު މިވެނި ކަމެއް ކުރަން މިއުޅެނީ ތިޔަބޭފުޅުން ގަބޫލުތޯ ނޫންތޯ. މިއީ ސަރުކާރަށް ތާއީދު އޮތްތޯ ބަލަން ކުރި ކަމެއް ނޫން،" ޝުޖާޢު ވިދާޅުވިއެވެ.
އިދިކޮޅު އެމްޑީޕީން މި މައްސަލާގައި ހަގީގަތް އޮޅުވާލަމުންދާ ކަމަށް ތުހުމަތު ކުރައްވަމުން ޝުޖާޢު ވިދާޅުވީ، މި ވޯޓުގެ ނަތީޖާއަކީ ސަރުކާރަށް ތާއީދު ނެތްކަން ހާމަވާ ކަމެއް ކަމަށް ބުނެ އެމްޑީޕީން ދައްކަނީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި ދިވެހި ރައްޔިތުން މިކަމާ މެދު ވަރަށް ބޮޑަށް ސަމާލުވާންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"މި ނަތީޖާއިން ދައްކައިދިނީ ރައީސުލްޖުމްހޫރިއްޔާއަށް ރައްޔިތުން ކުރާ އިތުބާރު. ރައްޔިތުންނަށް މިއަދު އެނގޭނެ ރައީސް މުޢިއްޒު އަރިހުގައި ކަމެއް ނުކުރަން ރައްޔިތުން ބުނެފިއްޔާ އެކަމެއް އެމަނިކުފާނު ނުކުރައްވާނެކަން، އަދި ކުރަން ބުނާ ކަމެއް ކުރައްވާނެކަން. އެއީ އެމަނިކުފާނަކީ ކޮންމެ ކަމެއްގައިވެސް ރައްޔިތުންގެ ބަސް ހޯއްދަވާ ރައީސަކަށް ވާތީ،" ޝުޖާޢު ވިދާޅުވިއެވެ.
ޝުޖާޢު މިފަދައިން ވިދާޅުވި ނަމަވެސް، ސަރުކާރު ހިންގާ ޕީ.އެން.ސީ އާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަކާލާތު ކުރައްވަމުން ގެންދެވީ ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަށެވެ. މިކަމުގެ ސަބަބުން ލިބޭނެ މަންފާތައް ބަޔާންކޮށްދެއްވައި، ދެ އިންތިޚާބު އެއްކޮށް ބޭއްވުމަށް ތާއީދުކޮށް ވޯޓު ދެއްވުމަށް ރައީސް މުޢިއްޒު ތަކުރާރުކޮށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައިވެއެވެ. އެހެންނަމަވެސް، ރައީސް ބޭނުންފުޅުވި ގޮތާ ޚިލާފަށް، ރެފަރެންޑަމްގައި ވޯޓުލީ މީހުންގެ ތެރެއިން 140،000 އަށްވުރެ ގިނަ ރައްޔިތުން ވަނީ ދެ އިންތިޚާބު އެއްކޮށް ބޭއްވުމާ ދެކޮޅަށް ވޯޓު ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު