އެމްޑީޕީގެ ލީޑަރޝިޕް ތެރޭގައި ޖެހުނު މައްސަލަ ހައްލުކޮށް އެޕާޓީގެ ހުރިހާ ލީޑަރުން އެކުގައި މަސައްކަތް ކުރެވޭނެ ގޮތްތަކެއް ހޯދިފައިވާ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ސާލިޙް މިރޭ ވިދާޅުވެއްޖެއެވެ.
ލޯކަލް ކައުންސިލް އިންތިޚާބުގައި ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ޅ. ހިންނަވަރުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވީ، އެމްޑީޕީގެ އެތެރޭގައި މިފަހުން އުފެދުނު ޚިޔާލުތަފާތުވުންތަކުގެ ސަބަބުން ޕާޓީގެ އާންމު މެންބަރުންނަށް ވަރަށް ބޮޑު މާޔޫސްކަމެއް ކުރިމަތިވި ކަމަށެވެ.އެހެންކަމުން، އެ ޚިޔާލުތަފާތުވުންތަކަށް އެދެވޭ ޙައްލެއް ހޯދުމުގެ ގޮތުން ޕާޓީގެ އިސް ލީޑަރުން އެކުގައި މަޝްވަރާ ކުރައްވާފައިވާ ކަމަށް ރައީސް ސާލިޙް ވިދާޅުވިއެވެ.އަދި އެ މަޝްވަރާތަކުގެ އަލީގައި މައްސަލަތައް ޙައްލުކޮށް، މުޅި ލީޑަޝިޕް އެކުގައި މަސައްކަތް ކުރެވޭނެ ގޮތްތަކެއް ހޯދިފައިވާ ކަމަށް ރައީސް ސާލިޙް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އެމްޑީޕީން ރިޔާސީ އިންތިޚާބަށްދާނީ މުޅި ލީޑަރޝިޕް އެކީގައި އޮވެގެން ކަމަށާއި އެޕާޓީގެ އެއްވެސް މެމްބަރަކު ބާކީ ނުކުރައްވާނެ ކަމަށެވެ.
" އިއްޔެ ވެސް ރޭގަ ވެސް މިއަދު ވެސް ގިނަ ވަގުތު އަޅުގަނޑު ވެސް ހޭދަކުރީ އެކަމުގައި އިރާދަކުރެއްވިއްޔާ މިހާ ހިސާބަށް އައިއިރުގައި އަޅުގަނޑުމެން މިވަނީ މިކަމަށް ހައްލެއް ހޯދާފައި އާންމު މެމްބަރުން އެ އެދޭގޮތަށް އަޅުގަނޑުމެން މުޅި ލީޑަރޝިޕް އެކީގައި މަސައްކަތް ކުރެވޭނެ ގޮތްތަކެއް އިރާދަކުރެއްވިއްޔާ މިހިސާބަށް އާދެވުނުއިރު ހޯދިއްޖެ، އަޅުގަނޑުމެން އެމްޑީޕީ އިރާދަކުރެއްވިއްޔާ ކުރިއަށްދާނީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި ލީޑަރޝިޕް އެކީގައި އޮވެގެން" ރައީސް ސާލިޙް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު