ފަހަކަށް އައިސް ޔޫގަންޑާގެ އަސްކަރީ ވެރިޔާ މުހޫޒީ ކައިނަރުގާބާ ތުރުކީވިލާތަށް އަމާޒުކޮށް ކުރެއްވި އާދަޔާ ހިލާފު ޑިމާންޑްތަކަކާ ގުޅިގެން ބައިނަލްއަގުވާމީ މީޑިއާގެ ސަމާލުކަން އެ ގައުމަށް ވަނީ ހުއްޓިފައެވެ.
ޔޫގަންޑާގެ ރައީސް ޔޮވެރީ މުސެވެނީގެ ދަރިކަލުން މުހޫޒީ ވަނީ ތުރުކީން 1 ބިލިއަން ޑޮލަރު ދިނުމަށާއި، ކައިވެނި ކުރުމަށްޓަކައި އެ ގައުމުގެ އެންމެ ރީތި އަންހެނަކު ފޮނުވުމަށް ގޮވާލައްވާފައެވެ.
މި ޝަރުތުތައް ފުރިހަމަ ނުކޮށްފި ނަމަ، ތުރުކީގައި ހުންނަ ޔޫގަންޑާގެ އެމްބަސީ ބަންދުކުރާނެ ކަމުގެ އިންޒާރުވެސް އޭނާ ވަނީ ދެއްވާފައެވެ.
މި ހައިރާންކުރުވަނިި ވާހަކަތަކާ ގުޅިގެން ގިނަ ބަޔަކު ސުވާލު އުފައްދަމުންދާއިރު، މިއީ ސަމާސާގެ ރޫހެއްގައި ކުރެއްވި ކަމެއްތޯ ނުވަތަ ސީރިއަސް ޑިޕްލޮމެޓިކް މައްސަލައެއްތޯ ވަނީ ބަހުސް އުފެދިފައެވެ. މުހޫޒީއަކީ މީގެ ކުރިންވެސް ސޯޝަލް މީޑިއާގައި މިފަދަ ފާހަގަކޮށްލެވޭ އަދި ބައެއް ފަހަރު ޚިޔާލުތަފާތުވުން އުފެދޭ ޕޯސްޓުތައް ކުރައްވާ ބޭފުޅެކެވެ.
މި ހާދިސާގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް ހާރިޖީ ގުޅުމަށް ބުރޫއަރާފާނެ ކަމުގެ ބިރު އޮތް ނަމަވެސް، ޔޫގަންޑާ ސަރުކާރުން މިކަމާ ގުޅޭގޮތުން އަދި ރަސްމީ ބަހެއް ބުނެފައެއް ނުވެއެވެ.
ޔޫގަންޑާގެ ސިޔާސީ މަސްރަހުގައި މުހޫޒީއަކީ ނުފޫޒުގަދަ ބޭފުޅަކަށް ވުމާއެކު، އޭނާގެ މި އަމަލުތަކަކީ ގައުމުގެ ހާރިޖީ ސިޔާސަތަށް ކުރިމަތިވި ގޮންޖެހުމެއްގެ ގޮތުގައި ގިނަ މުހައްލިލުން ދެކެއެވެ.
ހާއްސަކޮށް ތުރުކީއަކީ ޔޫގަންޑާއާއެކު އިގްތިސާދީ ގޮތުން ގާތް ގުޅުމެއް ބާއްވާ ގައުމަކަށް ވާއިރު، މިފަދަ "ޝޮކިން" ޑިމާންޑްތަކެއްގެ ސަބަބުން ދެ ގައުމުގެ ގުޅުމަށް އަތުވެދާނެ ލޮޅުމަކަށް ގިނަ ބަޔަކު ދަނީ ފާރަވެރިވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު