މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން އަލަށް ފެށި "މާލެ ޓެކްސީ ލައިން" ގެ ޚިދުމަތަކީ ކަނޑައެޅިފައިވާ ގާނޫނުތަކާއި ގަވާއިދުތަކާ ޚިލާފަށް ހިންގާ ޚިދުމަތެއް ކަމަށް ބުނެ، ޑްރައިވާސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބޮޑު ކަންބޮޑުވުން ފާޅުކޮށްފިއެވެ.
02 އޭޕްރިލް 2026 ގައި ސަރުކާރުން ފެށި މި ޚިދުމަތާ ގުޅިގެން އެ އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޓެކްސީ ޑްރައިވަރުންނަކީ ޒަމާނުއްސުރެ ރައްޔިތުންނަށް ދަތުރުފަތުރުގެ ޚިދުމަތް ދިނުމުގައި މުހިންމު ދައުރެއް އަދާކުރާ، އެތައް ސަތޭކަ އާއިލާއެއްގެ އާމްދަނީއާ ގުޅިފައިވާ ބައެއް ކަމަށެވެ. ނަމަވެސް ސަރުކާރުގެ ކުންފުންޏަކުން މި ދާއިރާއަށް ވަނުމަކީ އިންސާފުވެރިކަން ގެއްލި، ރެގިއުލޭޓް ކުރުމުގެ ނިޒާމަށް ބުރޫއަރާނެ ކަމެއް ކަމަށް އެސޯސިއޭޝަނުން ވަނީ ފާހަގަކޮށްފައެވެ.
ޑްވައިވާސް އެސޯސިއޭޝަނުން ބުނީ، އަމިއްލަ ޓެކްސީ ސެންޓަރުތަކާއި ޑްރައިވަރުން ގަވާއިދާ ޚިލާފުވުމުން ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރަމުންދާއިރު، ސަރުކާރުގެ ޓެކްސީތަކުން ޓެކްސީ ގަވާއިދުގެ 7 ވަނަ މާއްދާ އާއި 11 ވަނަ މާއްދާގެ އެކި އަކުރުތަކާ ކަނޑައެޅިގެން ޚިލާފުވަމުންދާ ކަމަށެވެ. މިފަދަ ބޭއިންސާފު އަމަލުތަކުގެ ސަބަބުން ރެގިއުލޭޓަރީ އޮނިގަނޑަށް އޮންނަ އިތުބާރު ގެއްލޭ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން، ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން އަމިއްލަ ފަރުދުންގެ ވިޔަފާރީގެ މާކެޓަށް ސަރުކާރުން ވަނުމަކީ "ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ގާނޫނާއި" ޚިލާފު ކަމެއްގެ ގޮތުގައި އެސޯސިއޭޝަނުން ވަނީ ސިފަކޮށްފައެވެ. ވަކިން ޚާއްޞަކޮށް، ސަރުކާރުގެ އަމިއްލަ އެޕްލިކޭޝަނެއް ތައްޔާރުވަންދެން ޚިދުމަތް ހިލޭ ދިނުމަށް ނިންމާފައިވާ ނިންމުމަކީ، އިގްތިސާދީ ދަތި ދަނޑިވަޅެއްގައި އަމިއްލަ ޑްރައިވަރުންގެ އާމްދަނީއަށް ލިބޭ ފޫނުބެއްދޭނެ ވަރުގެ ގެއްލުމެއް ކަމަށް ބަޔާނުގައިވެއެވެ.
އެހެންކަމުން ޑްރައިވާސް އެސޯސިއޭޝަނުން ގޮވާލާފައިވަނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނާއި މޯލްޑިވްސް ޕޮލިސް ސަރވިސް އިން، އަމިއްލަ ފަރާތްތަކާއި ސަރުކާރުގެ ޓެކްސީތަކާ މެދުވެސް ހަމަހަމަ އުސޫލަކުން ގަވާއިދުތައް ތަންފީޒު ކުރުމަށެވެ. އަދި ރާއްޖޭގެ ހުރިހާ ޓެކްސީ ޑްރައިވަރުންގެ ހައްގުތަކާއި ކަރާމާތް ރައްކާތެރިކުރުމުގައި އެ އެސޯސިއޭޝަން ދެމިއޮންނާނެ ކަމުގެ ޔަގީންކަންވެސް އެސޯސިއޭޝަނުން ވަނީ ދީފައެވެ.
ޑްރައިވާސް އެސޯސިއޭޝަނުން މިހެން ބުނެފައިވާއިރު، މާލެ ސަރަހައްދުގައި އާއްމު ދަތުރުފަތުރުގެ ދާއިރާއަށް ދިމާވެފައިވާ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށްޓަކައި ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް، 150 ޓެކްސީއާއެކު ފެށީ މިމަހުގެ 2 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު