އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދުގެ އިސްނެންގެވުމާއެކު، ރާއްޖެއަށް ބޭނުންވާ ޚާއްސަ މުދާ އަވަހަށް ގެނައުމަށްޓަކައި "ކާގޯ އިން ކެބިން" ފްލައިޓްތައް މި މަހުގެ 16 ގައި ފެށުމަށް ތައްޔާރުވެއްޖެއެވެ.
މިކަމާ ގުޅޭގޮތުން އިނަރ މޯލްޑިވްސްގެ ސީ.އީ.އޯ މުހައްމަދު ފިރާގު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ މީގެ ތިން ހަފްތާއެއްހާ ދުވަސް ކުރިން މިނިސްޓަރު ސައީދު އިސްނަންގައިވައިގެން ފެއްޓެވި މުހިންމު މަސައްކަތެއް ކަމަށެވެ.
އޮޕަރޭޝަނަލް ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި، މުދާ ގެނައުމުގައި ހުރި ދަތިތަކަށް ހައްލެއް ހޯދުމަށް މިނިސްޓަރު ކުރެއްވި މަސައްކަތްޕުޅު ސީ.އީ.އޯ ފާހަގަކުރެއްވިއެވެ.
މިނިސްޓަރުގެ ދުރުވިސްނުންފުޅުގެ ސަބަބުން، ސަޕްލައި ޗޭންތަކަށް ކުރިމަތިވެފައިވާ ހުރަސްތައް ނައްތާލައި، ޝިޕަރުންނާ ގުޅިގެން އަމަލީ ހައްލުތަކެއް ހޯދުމަށް މަގުފަހިވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އިނަރ މޯލްޑިވްސްގެ ސީ.އީ.އޯ އިތުރަށް ވިދާޅުވީ، މި މަސައްކަތުގެ ފުރިހަމަ ކްރެޑިޓް ހައްގުވަނީ މިނިސްޓަރު ސައީދަށް ކަމަށެވެ. އެންމެ ބޭނުންވި ވަގުތު މި ޚިޔާލު ކުރިއަށް ގެންގޮސްދެއްވުމަކީ އިގްތިސާދީ ގޮތުން ލިބުނު ބޮޑު ކުރިއެރުމެއްކަން ފާހަގަކުރައްވަމުން، އިރާދަކުރެއްވިޔާ މި މަހުގެ 16 ވަނަ ދުވަހު މި ފްލައިޓްތަކުގެ ދަތުރުތައް ރަސްމީކޮށް ފެށޭނެ ކަމަށް އޭނާ ހާމަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު